اسم الكتاب: ترجمة القرآن الكريم - لمكتب رئيس جزر المالديف
Name of the Book: Translation of the Noble Quran by Office of the President of Maldives (President's Office) - Dhivehi | 1 November 2007
ފޮތުގެ ނަން: ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ | ރައީސުލްޖުމްހޫރިއްޔާގެ އޮފީސް | 21 ޝައްވާލު 1428
ރަސްމީ ސައިޓުން ސޫރަތްތަކުގެ ޕީޑީއެފް
މި ތަރުޖަމާގެ މުގައްދިމާގެ ޕީޑީއެފް
"The text presented here is exclusively for research and educational purposes. It is intended for non-commercial fair use only."
Repetition Note: This translation contains repeating adjacent rows of text. There are a total of 72 such places, where 5 verses repeat thrice and 36 repeated twice.
This is due to the fact that the original source text was not written verse by verse, but rather the authors saw fit to combine some verses together when translating. This is an academically and historically valid and sound form of translation as well as interpretation, even if digitally inconvenient in some modern applications. While some of the combined verses in this translation look like they may have a clear place of possible separation, many others are in continous sentences that cannot be separated without breaking the meaning. Not to mention that in this language, the start and end of a sentence might be in reverse order when compared to the Arabic. It is not allowed to break the current paragraphs and reword the sentences, as that would be changing the original translation. Therefore, to keep the text as it was written, while making it fit the strict 6236 rows of verses as required by modern platforms, what we did was, instead of separating the combined verses, we repeated the verses in adjacent rows where combined verses occur in the original text. This means that in some places, you will see the same verse repeated twice or even thrice in a row. We apologize for any inconvenience this may cause, but this was the only viable solution to keep the text like it is in the original while making it fit modern platforms. Most Maldivian readers who have read the print version will understand why there are repetitions in the digital data.
އެނގިފައިވާ ގޮތުގައި،
މި ތަރުޖަމާގެ ލިޔުމުގެ ޑިޖިޓަލް ކޮޕީ އެކުލަވާލާ ގެންގުޅެ ބަލަހައްޓަނީ ނާއިލު ޢަބްދުއްރަޙްމާން (ކުޑަނާއި) އެވެ. އަދި މި ވަގުތު އެހީތެރިންނަށް އުޅެނީ މުޙައްމަދު އަޝްރާފު އިބްރާހީމް އަދި ޙައްސާން ޢަބްދުއްރައްޒާގެވެ. ގިޓްހަބްގެ އާންމު ރެޕޯއެއްގައި މި މަސައްކަތް ފެންނަން ހުންނާނެއެވެ. އެހެން ހުރިހާ ޕްލެޓްފޯމަކާއި އެޕްއަކަށް މި ތަރުޖަމާ ލިބެނީ މި ރެޕޯއިންނެވެ.
މި ތަރުޖަމާގެ ލިޔުން ޑިޖިޓަލައިޒު ކުރުމުގައި، ބޭނުންކުރީ ވޯޑު ފައިލެކެވެ. ސްކްރިޕްޓަކުން އޭގައި ހުރި ލިޔުން ދަމާލެވުނެވެ. އަދި ޓައިޕު ވެސް ކުރެވުނެވެ. އަދި އެއްބަސްވެފައި ވަނީ އަސްލާ އެއްގޮތަށް ބޭއްވުމަށެވެ. ތަރުޖަމާގައި މައްސަލަ ވެސް އުޅެއެވެ. ނަމަވެސް އެކެޑެމިކް ގޮތަކީ ކުށްތަކާ އެކު ވެސް އިން ގޮތަށް ގެނައުމެވެ. ދެން ރަނގަޅުކުރަން ޖެހޭ ކަންތައް ރަނގަޅުކުރާ ނަމަ، އާ ތަރުޖަމާއެއް އުފައްދާނިއެވެ. އެހެންނޫނީ މަސައްކަތްތައް މައްސުނި ވާނެއެވެ.
އެކި ފަހަރު މަތިން އެކި ފަރާތްތަކުން ވަނީ މި ޑިޖިޓަލައިޒޭޝަން މަޝްރޫއަށް އެހީތެރިވެފައެވެ. އޭގެ ތެރެއިން އެހީތެރިވި ފަރާތްތަކަކީ: ނާއިލު ޢަބްދުއްރަޙްމާން، ބުންޔާމީން ބިން މުޙައްމަދު، މުޙައްމަދު ނިޝާމް، މުޙައްމަދު މަލިކު، ޔޫސުފް ޝުނާން، އަކްބަރު އާޞިފު، މުޙައްމަދު ވިޝާޙު، އަޖްވަދު ޒަހީރު، މުޙައްމަދު އަޝްރާފު އިބްރާހީމް، ޙައްސާން ޢަބްދުލް ރައްޒާގު، އިސްމާޢީލު ޒަހީ.
މި ތަރުޖަމާގައި ވަނީ އަޝްޢަރީ އަގީދާއެވެ. އަޝްޢަރީންނަކީ، އަހްލުއް ސުންނާއާ ޚިލާފު ގޮތްގޮތަށް އާޔަތްތައް ތައުވީލުކޮށް މާނަ ބަދަލުކުރާ، އަދި ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ނަފީކުރާ ފިރުގާއެކެވެ. އެހެންވީމާ މި ކަންކަމަށް ސަމާލުވުންހުއްޓެވެ.
قال حمد بن عتيق: واعلم أرشدك الله أن الذي جرينا عليه، أنه إذا وصل إلينا شيء من المصنفات في التفسير، وشرح الحديث، اختبرنا واعتبرنا معتقده في العلو والصفات والأفعال. - الدرر السنية في الأجوبة النجدية 13/28
ޙަމަދު ބިން ޢަތީގު ވިދާޅުވިއެވެ: އަދި ދަންނާށެވެ. - ﷲ ތިބާއަށް އިރުޝާދު ދެއްވާށިއެވެ. – އެ ގޮތެއްގެ މަތީގައި އަހަރުމެން ކަންތައް ކުރަމުން އައި ގޮތަކީ، ތަފްސީރު ނުވަތަ ޙަދީޘް ޝަރަހައިގެ ފޮތްތަކުގެ ތެރެއިން އެއްވެސް އެއްޗެއް އަހަރުމެންނާ ހަމައަށް ވާސިލުވެއްޖެ ނަމަ، (ﷲ) އުޑުގެ މަތީގައި ވުމާއި، (އެ އިލާހުގެ) ސިފަފުޅުތަކާއި، އަމަލުފުޅުތަކާމެދު އެ ފޮތެއްގައި އަގީދާ ހުރި ގޮތެއް އަހަރުމެން އިމްތިހާނުކޮށް ބަލައިހަދަމެވެ.
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ
اَلْحَمْدُ لِلَّهِ الَّذِي أَنْزَلَ الْقُرْآنَ هُدًى لِلنَّاسِ وَرَحْمَةً لِلْأَنَامِ، وَالصَّلَاةُ وَالسَّلَامُ عَلَى سَيِّدِنَا وَنَبِيِّنَا مُحَمَّدٍ خَاتِمُ الأَنْبِيَاءِ وَالرُّسُلِ الْكِرَامِ، وَعَلَى آلِهِ وَصَحْبِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ المقام.
އަރަހުށި ހުސްޠާހިރުވަންތަ އެއްކައުވަންތަ ﷲ އަށް ޙަމްދު ޘަނާ ދަންނަވަމެވެ. އަދި އެކަލާނގެ ފޮނުއްވި މާތް ރަސޫލާ މުހައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށާއި، ހެޔޮގޮތުގައި އެކަލޭގެފާނަށް ތަބާވި އެންމެހައި މީސްތަކުންނަށް ޞަލާވާތާއި ސަލާމް ލެއްވުންއެދި ދުއާކުރަމެވެ.
ކީރިތި ޤުރްއާނައަކީ މުހައްމަދު ﷺ މާތް ނަބިއްޔާގެ މައްޗަށް މާތް ﷲ ބާއްވައިލެއްވި އެކަލާނގެ ޙައްޤު ކަލާމްފުޅެވެ. މުޅި އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމަށްޓަކައި، އެކަލާނގެ ބާވައިލެއްވި މަތިވެރި ހިދާޔަތެވެ. ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައި ހަދިޔާކުރެއްވި މުޤައްދަސް ފޮތެކެވެ. މުއުމިނުންނަށް މާތް ﷲ ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތެވެ. އެ ފޮތުގައިވަނީ، މުއުމިނުން ހިތުގެ އަޑިން ޤަބޫލު ކުރަންޖެހޭ ޢަޤީދާތަކެވެ. ބޯލަނބަންޖެހޭ އުޞޫލުތަކާއި ޙުކުމްތަކެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް ވާސިލްކޮށްދޭ ސާފުސީދާ ތެދުމަގެވެ. ޢިބްރަތުން ފުރިގެންވާ ފިލާވަޅުތަކެވެ. "لَّا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ" (فُصِّلَت ٤٢) މާނައީ: އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެ ފޮތަކަށް ބާޠިލުކަމެއް ނާންނާނެތެވެ. (އެއީ) ޙަމްދު ލިބިވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެ ޙަޟްރަތުން ބާއްވައިލެއްވި ފޮތެކެވެ."
ދިވެހިރާއްޖެއަކީ، މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ސައްތައިންސައްތަ މުސްލިމު ގައުމަކަށްވާތީ، ކީރިތި ގުރުއާނުގެ އިތުބާރުހުރި ތަރުޖަމާއެއް ދިވެހިބަހުން ތައްޔާރުކޮށް، ޝާއިޢުކޮށް، އެންމެހައި ދިވެހިންނަށް އެ ތަރުޖަމާ ލިބޭނެގޮތް ހަދައިދިނުމަކީ، ސަރުކާރުން ކޮށްދޭންޖެހޭނެ ކަމެކެވެ.
އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވިއިރު، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއަކަށްއޮތީ، ކުރީގެ ރައީސް އަލްފާޟިލް އިބްރާހިމް ނާޞިރުގެ ދައުރުގައި ކުރައްވާފައިވާ ތަރުޖަމާއެކެވެ. އެއީ، އެމަނިކުފާނު ކުރެއްވި އަގުހުރި މަސައްކަތްފުޅެއްކަމުގައި އަޅުގަނޑު ހެޔޮހިތުން ޤަބޫލުކުރަމެވެ. އެކަމަކު، އެއީ ކީރިތި ޤުރްއާނުގެ އެކިބައިތައް، ފަސްބޭފުޅަކު ވަކިވަކިން ކުރައްވާފައިވާ ތަރުޖަމާއެކެވެ. އެހެންކަމުން، އިބާރާތްކުރުމުގެ ގޮތުންނާއި ދޭހަކޮށްދޭ މާނައިގެގޮތުން، އެކިއެކިބައިބައިގެ މެދުގައި ތަފާތުތަކެއް ހުށްޓެވެ. މީގެއިތުރުން، ދިވެހިރާއްޖޭގައި އުފެދުނު ބައެއް އިލްމުވެރިންވެސް، އެކި ދުވަސްވަރު އެކިވަރުވަރަށް ކީރިތި ޤުރްއާނުގެ ބައެއް ބައިތައް ދިވެހިބަހަށް ތަރުޖަމާ ކުރައްވާފައިވެއެވެ. އަދި އެފަދަ އެކިއެކި ޢިލްމުވެރިން، އެބޭބޭފުޅުންގެ ލިއުއްވުން ތަކުގައްޔާއި، ވިދާޅުވާ ވައުޠުތަކުގައްޔާއި، ކުރައްވާ ތަޤްރީރުތަކުގައި އާޔަތްތަކުގެ ދިވެހި ތަރުޖަމާ ދެއްވާފައިވޭމެއެވެ. އެ މަސައްކަތްޕުޅުތަކަކީ، ވަރަށް އަގުހުރި މަސައްކަތްޕުޅުތަކެއްކަން ކަށަވަރެވެ. އެކަމަކު، އެބޭފުޅުންވެސް، މުޅި ކީރިތި ޤުރްއާނުގެ ފުރިހަމަތަރުޖަމާއެއް ދިވެހި ޤައުމަށް ހަދިޔާކުރައްވާފައެއް ނެތެވެ.
މި ސަބަބުތަކަށްޓަކައި، ދިވެހީންގެއަތްމަތީގައި ކީރިތި ޤުރްއާނުގެ އިތުބާރުހުރި ޞައްޙަ ދިވެހި ތަރުޖަމާއެއް އޮތުމުގެ ބޭނުންތެރިކަމުގެ ބޮޑުކަން އަޅުގަނޑަށް އިޙްސާސްކުރެވިގެން، މި މުހިންމު މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކޮމިޓީއެއް އުފެއްދީ، 1979 އޭޕްރީލް 25 ގައެވެ. މި ކޮމެޓީގެ ފުރަތަމަ ޖަލްސާ ބޭއްވުނީ،1979 މެއި 1 ވަނަ ދުވަހުއެވެ. މިޖަލްސާގެ ރިޔާސަތު ބެލެހެއްޓީ، އަޅުގަނޑެވެ. އެ ޖަލްސާގައި ބަޙުޘްކުރެވުނީ، ކީރިތި ޤުރްއާނުގެ މާނަ ތަރުޖަމާ ކުރުމުގައި ބަލަންވީ މައިގަނޑު އުޞޫލުތަކެއް ކަނޑައެޅުމާ މެދުއެވެ. މިގޮތުން އަޅުގަނޑުމެންނަށް އެއްބަސްވެވުނީ، ބޭރު ބަސްބަހަށް ޤުރްއާނުގެ މާނަ ތަރުޖަމާ ކޮށްފައިވާ އުޞޫލުތަކުގައި ހިފެހެއްޓުމަށެވެ. މި އުޞޫލުތަކުގެ މަތިން، ކީރިތި ޤުރްއާން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގައި ކޮމިޓީގެ މެންބަރުން، އަޞްލަކަށް ބެއްލެވީ ޢަރަބި ބަހުން ހުރި ޤުރްއާނުގެ ތަފްސީރުތަކެވެ. އެހެންނަމަވެސް، މި މަސައްކަތުގައި، ކީރިތި ޤުރްއާނުގެ އިނގިރޭސިބަހާއި އުރްދޫބަހުގެ ތަރުޖަމާތަކުންވެސް، ކޮމިޓީއިން އެހީ ހޯއްދެވިއެވެ.
ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުން ވެގެންދިޔައީ، އެ ކޮމިޓީއަށް ވަރަށްދަތި، ވަރަށް ބުރަ މަސައްކަތްޕުޅަކަށެވެ. އެންމެބޮޑު ސަބަބަކީ، ކީރިތި ޤުރްއާން ބާވައިލައްވާފައިވަނީ ޢަރަބި ބަހުންކަމަށްވެފައި ޢަރަބި ބަހުގެ ބަލާޣަތްތެރިކަމާއި ފުރިހަމަކަން، އޭގެ އެންމެމަތީ ދަރަޖައިގައި ޤުރްއާނުގައި އެކުލެވިގެންވާކަމަށްޓަކައި، ދިވެހިބަސްފަދަ ބަހަކަށް، ކީރިތި ޤުރްއާން ތަރުޖަމާ ކުރާހިނދު، އެ މާތް ކަލާމްފުޅުގައިވާ ރީތިކަމާއި، ފުރިހަމަކަމާއި، ބަލާޣަތްތެރިކަމާއި، މަޖާޒީ މާނަތައް، ދިވެހިބަހުން ގެނައުމަށް ވަރަށް ބޮޑަށް ދަތިވުމެވެ. އަނެއް ސަބަބަކީ، ކުރިންވެސް އިޝާރާތް ކުރިފަދައިން، މި ފަންނުގައި ދިވެހި ޢިލްމުވެރިން ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ މަދުކަމެވެ.
ރަސޫލު ﷲ ﷺ ވަނީ، ޢަރަބީންނަށް ކީރިތި ޤުރްއާން ވަރަށް ފުރިހަމައަށް ތަބްލީޣު ކޮށްދެއްވައި ބަޔާންކޮށްދެއްވާފައެވެ. ދެން އޮތީ، ޢަރަބި ބަސް ނުދަންނަ މީހުންނަށް ޤުރްއާން ތަބްލީޣު ކޮށް އުނގަންނައިދިނުމެވެ. އެކަން އެދެވޭގޮތެއްގައި ކުރެވޭނީ، ކީރިތި ޤުރްއާނުގެ މާނަ، އެބަޔަކު ވާހަކަދައްކައި އުޅޭ ބަހަކަށް ތަރުޖަމާ ކޮށްގެންނެވެ. މިގޮތުން، މީގެ އެތައްސައްތަ އަހަރެއް ކުރިއްސުރެ ފެށިގެން، ކީރިތި ޤުރްއާނުގެ ތަރުޖަމާތައް، ދުނިޔޭގައި މީހުން ވާހަކަދައްކައި އުޅޭ ތަފާތު ބަސްބަހުން ޝާއިޢު ކުރެވިފައި ވެއެވެ. އަދި މިހާރުވެސް، އެކި ބަސްބަހުން ޤުރްއާނުގެ އިތުރު ތަރުޖަމާތައް ޝާއިޢު ކުރެވެމުންދެއެވެ.
އެހެންކަމުން، ކޮމެޓީގެ މެންބަރުން، މާތް ﷲ އަށް ވަކީލު ކުރައްވައި، އެކަލާނގެ ހަޟްރަތުން މަދަދާއި ތައުފީޤަށް އެދިވަޑައިގެން ތިއްބަވައިގެން، ކީރިތި ޤުރްއާން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރެއްވީ، ޚުޝޫޢުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާ އެކުގައެވެ.
މި މުހިއްމު އަދި ބުރަ މަސައްކަތް އަޅުގަނޑު ޙަވާލުކުރި ކޮމެޓީއަށް، އެކި ދުވަސްވަރު އެކި ބަދަލު އައިސްފައި ވެއެވެ. މިބަދަލުތަކާއެކު، ކޮމެޓީގައި ހިމެނިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަކީ:
1. ފަޟީލަތުލް އުސްތާޛުއް ޝައިޚުލް މަރުޙޫމް މުޙައްމަދު ޖަމީލު (މ.ކުއްޅަވައްގެ)
2. ފަޟީލަތުލް އުސްތާޛުއް ޝައިޚުލް މަރުޙޫމް މޫސާ ފަތުޙީ ޤާސިމް (މ.ޖީޒާ)
3. ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ރަޝީދު އިބްރާހިމް ( ގ.ގަސްކަރަ)
4. ފަޟީލަތުލް އުސްތާޛުއް ދުކްތޫރު މުޙައްމަދު ޒާހިރު ޙުސައިން (ހ.ނީލްވިލާ)
5. ފަޟީލަތުއް ޝައިޚުލް މަރުހޫމް އަޙްމަދު ޝާޠިރު މޫސާ (ހ.އެއްގަމުގެ)
6. ފަޟީލަތުލް އުސްތާޛުއް ޝައިޚު އާދަމް ނަސީމް (ހ.ޕޫނަމް)
7. ފަޟީލަތުލް އުސްތާޛުއް ޝައިޚު ޙުސައިން ޢަބްދުއްރަޙްމާން (މ.ދިމްޔާޠު)
8. ފަޟީލަތުލް އުސްތާޛުއް ޝައިޚު އަޙްމަދު ފާރޫޤު މުޙައްމަދު (ހ.ހިތްފަހި)
9. ފަޟީލަތުލް އުސްތާޛުއް ޝައިޚު އިބްރާހީމް ޒަކަރިއްޔާ މޫސާ (މ.ދާޝިން)
މިބޭބޭފުޅުންނެވެ.
1979 މެއި 1 ވަނަ ދުވަހު ކޮމިޓީއިން ފެއްޓެވި މަސައްކަތް ނިންމެވީ، 1987 ޑިސެމްބަރު 20 ވަނަ ދުވަހުއެވެ. އެއަށްފަހު، ސަރުކާރުން އެކި ފަރާތްތަކާ ވާހަކަދައްކައިގެން، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ، މޮޅު ފެންވަރެއްގައި ޗާޕުކުރާނެ ގޮތެއް ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދިޔައެވެ. އެކަމަކު، އެކިދުވަސްވަރު ދިމާވި އެކިއެކި ސަބަބުތަކާއި ހުރަސްތަކާހެދި، މި ތަރުޖަމާ ދުނިޔޭގެ އަލިކަމަށް ގެންނަން ބޭނުންވިހާ އަވަހަށް ގެނެވޭނެގޮތެއް ހަމަނުޖެހި ދިޔައީއެވެ. މި މުއްދަތުގެ ތެރޭގައިވެސް، ކޮމިޓީގެ މެންބަރުން މެދުނުކެނޑި، އެ ތަރުޖަމާ މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ.
މި ފުރުޞަތުގައި، މިބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ނަންފުޅު، ވަރަށް ޙާއްޞަ ގޮތެއްގައި ފާހަގަކުރަމެވެ. އެއްބޭފުޅަކީ، މި ކޮމެޓީގެ ރައީސްގެ މަގާމުގައި ހުންނެވި ފަޟީލަތުލް އުސްތާޛުއް ޝައިޚުލް މަރުޙޫމް މޫސާ ފަތުޙީ ޤާސިމެވެ. އެމަނިކުފާނު ކުރެއްވި ބުރަ އަދި އިޚްލާޞްތެރި މަސައްކަތްޕުޅަށްޓަކައި، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި ހަމަ މިފަދައިން، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން މި ކޮމެޓީއާ ބެހޭ ހުރިހާ ކަމެއް ޢަމަލީ ގޮތުން ކުރައްވަމުން ގެންދެވީ ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ރަޝީދު އިބްރާހިމެވެ. ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ރަޝީދު އިބްރާހިމް މި ކޮމެޓީއާ ބެހޭ މަސައްކަތް މިއަދާ ހަމައަށްވެސް ކުރައްވާފައިވަނީ، މިކަމަށް ވަރަށް ޙާއްޞަ އަހައްމިއްޔަތެއް ދެއްވައިގެން ކަމަށްވާތީ، އެކަން ހަނދާންކުރަމުން، އެމަނިކުފާނަށް ވަރަށް ޙާއްޞަ ގޮތެއްގައި ޝުކުރު ދަންނަވަމެވެ.
ކީރިތި ޤުރްއާން ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް ފެށުނީއްސުރެ، އެކަމަށް އެހީތެރިވެ ދެއްވުމުގެ ގޮތުން، ލީބިއާގެ ޖަމްޢިއްޔަތުއް ދަޢުވަތުލް އިސްލާމިއްޔަތުލް ޢާލަމިއްޔާގެ ފަރާތުން ވެދެއްވި ދީލަތި އެހީގެ އަގު ވަޒަންކޮށް، އެ ޖަމްޢިއްޔާގެ ބާނީ އަލްޢަޤީދު މުޢައްމަރު އަލްޤައްޛާފީ އަށާއި، އެ ޖަމްޢިއްޔާގެ މަސްއޫލު ވެރިންނަށާއި، ލީބިއާގެ ސަރުކާރަށް، ނުހަނު އިޙްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
ކީރިތި ޤުރްއާނުގެ މި ތަރުޖަމާގައިހުރި، އެއްކަހަލަ އާޔަތްތަކުގެ މާނަ އެއްގޮތް ކުރެއްވުމަށްޓަކައިވެސް، ޙާއްޞަ ކޮމިޓިއެއް ހޮވައި، އެކޮމެޓީއާއި އެ މަސައްކަތް އަޅުގަނޑު ހަވާލުކުރީމެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވީ:
1. ފަޟީލަތުއް ޝައިޚު މުޙައްމަދު ޤުބާދު އަބޫބަކުރު (ފިޔާތޮށިގެ/ޅ.ނައިފަރު)
2. ފަޟީލަތުލް އުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ (ފަށުވިމާގެ/ލ.މާވަށް)
3. ފަޟީލަތުލް އުސްތާޛު ޙަސަން ސައީދް (ރީތިގަސްދޮސުގެ/ސ.ހިތަދޫ)
މިބޭބޭފުޅުންނެވެ.
އަދި އޭގެފަހުން، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ޗާޕްކުރުމަށް ތައްޔާރުކުރުމުގެ ގޮތުން، ކޮންޕިއުޓަރުން ލޭއައުޓް ހެއްދެވުމަށް، އެފަދަ މަސައްކަތްތައް ދެނެވަޑައިގަންނަވާ ހުނަރުވެރި ބޭފުޅުންކޮޅަކާ އެ މަސައްކަތް ހަވާލު ކުރީމެވެ. އެބޭފުޅުންނަކީ:
1. ފަޟީލަތުލް އުސްތާޛު ޙަސަން ސަޢީދު (ރީތިގަސްދޮށުގެ/ސ.ހިތަދޫ)
2. އަލްފާޟިލް އަޙްމަދު ރަޝީދު ޢަބްދުލްޤާދިރު (މ.މަގުމަތީގެ)
3. ފަޟީލަތުލް އުސްތާޛު މޫސާ އަންވަރު ޙަސަން (ރިހިވިލާގެ/ޏ.ފުވައްމުލައް)
4. ފަޟީލަތުލް އުސްތާޛު ޢަބްދުﷲ ޙަމީދު (ނޫރާނީމާގެ/ނ.ހެނބަދޫ)
5. ފަޟީލަތުލް އުސްތާޛު ޙާމިދު އަބޫބަކުރު (ފިޔާތޮށިގެ/ޅ.ނައިފަރު)
މިބޭބޭފުޅުންނެވެ.
މި ބޭފުޅުން އެ މަސައްކަތްތައް ނިންމެވުމުން، ދިވެހި ބަހުގެ ރިވެތި ބަސްމަގުގެގޮތުން ތަރުޖަމާ ފުރިހަމަ ކުރުމަށްޓަކައި، ރާއްޖޭގައި މިހާރު ހުންނެވި ދިވެހި ބަހުގެ ވަރަށްމޮޅު އަދީބެއް ކަމުގައިވާ ހ.އާމުލީގޭ އަލްފާޟިލް ޢަބްދުﷲ ޞާދިޤާ އެ މަސައްކަތް ހަވާލުކުރީމެވެ. އޭނާ އެ މަސައްކަތް ވަރަށް ފަރުވާތެރިކަމާއެކު ކޮށްދެއްވިއެވެ. އެ ކަމަށްޓަކައި އަލްފާޟިލް ޢަބްދުﷲ ޞާދިޤަށް ވަރަށް އިޙްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
ދިވެހި ބަހުގެ ވަރަށް ފުންނާބު އުސް ބޭފުޅަކުކަމުގައިވާ މ. ސިލްވަރކްލައުޑް އަލްފާޟިލް ޢައްބާސް އިބްރާހީމް ވެސް މި ތަރުޖަމާ އެއްކޮޅުން އަނެއްކޮޅަށް ބައްލަވައިދެއްވިއެވެ. އަދި ވަކިވަކި ބަސްތަކާއި އާޔަތްތަކުގެމާނަ ދިވެހިބަހުން ދޭހަވާގޮތްތަކުގެ މައްޗަށް ވިސްނާވަޑައިގެން، އާޔަތްތަކުގެމާނަ ދިވެހިބަހުން ރަނގަޅަށް ދޭހަވާގޮތަށް ބައެއްބަދަލު ގެނެސްދެއްވިއެވެ. ވީމާ، މިގޮތުން އޭނާއެކޮށްދެއްވި ބުރަމަސައްކަތްތަކަށްޓަކައި އަލްފާޟިލް ޢައްބާސް އިބްރާހީމަށް ވަރަށް ޙާއްޞަ ޝުކުރެއް ދަންނަވަމެވެ.
ކީރިތި ޤުރްއާނުގެ މި އާ ދިވެހި ތަރުޖަމާގެ ލޭއައުޓް ހަދައި ހަވާލު ކުރުމުން، ޗާޕްކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވައިދެއްވީ، މ.ވާރޭވިލާ އަލްފާޟިލް ޢަލީ ޙުސައިނެވެ. އޭނާ މި މަސައްކަތް ކޮށްދެއްވީ، ކަމަށް ކަމޭހިއްތަވައިގެން، ވަރަށް ފަރުވާތެރިކަމާއެކު ވަރަށްރަނގަޅަށް ކަމަށްވާތީ، އެ ބުރަ މަސައްކަތުގެ އަގު އަޅުގަނޑު ހިތުގެ އަޑިން ވަޒަން ކޮށް، އަލްފާޟިލް ޢަލީ ޙުސައިނަށް ނުހަނު އިޙްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
ކީރިތި ޤުރްއާން ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް ކުރެވެމުން ދިޔައިރު، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމުގެ ޙައިސިއްޔަތުން، އެ މަސައްކަތުގައި އެކިގޮތްގޮތުން އެހީތެރިވެވަޑައިގެންދެއްވި މ.ދޫރެސް އަލްފާޟިލް ޢަބްދުﷲ ޖަމީލަށާއި، މ.ސިލްވަރކްލައުޑް އަލްފާޟިލް ޢައްބާސް އިބްރާހިމަށާއި، މއ.އުރަހަ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށާއި، މއ.ރިހިތަރި އަލްފާޟިލް މުޙައްމަދު ޙުސައިނަށް މިފުރުޞަތުގައި އުފަލާއެކު ޝުކުރު ދަންނަވަމެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީއެއްގެ ހައިސިއްޔަތުން އެ މަސައްކަތުގައި އެކިގޮތްގޮތުން އެހީތެރިވެވަޑައިގެން ދެއްވުމުގެ އިތުރުން، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ޗާޕްކުރުމައްޓަކައި ލޭއައުޓް ތައްޔާރު ކުރައްވައި، ޗާޕްކުރުމުގެ މަސައްކަތްތައް އިންތިޒާމު ކުރެއްވުމަށް، ހ.ރަބީޢީމަންޒިލް އަލްފާޟިލް ޢަބްދުﷲ ޝާހިދު ކުރައްވާފައިވާ ބުރަ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް، ވަރަށް ޙާއްޞަ ގޮތެއްގައި އެމަނިކުފާނަށް ޝުކުރު ދަންނަވަމެވެ.
ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ޗާޕްކުރުމުގެ އެންމެފަހު މަރުޙަލާގައި، އެ މަސައްކަތް ނިމުމަކަށް ގެންނެވުމުގައި އެގްޒެކެޓިވް ސެކްރެޓަރީގެ ޙައިސިއްޔަތުން، މ.ލިންކްހައުސް އައްދުކްތޫރު އަޙްމަދު ޝަރީފު ކޮށްދެއްވި މަސައްކަތްޕުޅަށްޓަކައި، އެމަނިކުފާނަށްވެސް ފަށްފަށުން ޝުކުރު ދަންނަވަމެވެ.
ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ފެށުނީންސުރެ ޗާޕްކުރުމުގެ އެންމެފަހު މަރުޙަލާއާ ހަމައަށް ދާންދެން، އެ މަސައްކަތް ހިންގުމުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުޝީރުގެ މަގާމުގައި ހުންނެވި މ.މުރިނގު އަލްފާޟިލް އަލްމަރްޙޫމް މުޙައްމަދު ޞާދިޤު، ވަރަށް ދިގުމުއްދަތެއްގައި ކޮށްދެއްވި ބުރަ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް، އޭނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
އަދި ކީރިތި ޤުރްއާން ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތުގައި ގިނަދުވަސްތަކެއް ވަންދެން އެހީތެރިވެދެއްވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން ކަމުގައިވާ ބ. އޭދަފުށީ ތަނޑިރަތްމާގޭ އަލްފާޟިލް ޢަބްދުﷲ ވަޙީދަށާއި، ގއ. މާމެންދޫ، އަލިފަރުދާގޭ އަލްފާޟިލް މުޙައްމަދު މުފީދަށާއި، ކީރިތި ޤުރްއާނުގެ ދިވެހިތަރުޖަމާ ކޮންޕިއުޓަރުން ލިޔުމުގައި، އެކިފަހަރުމަތިން މަސައްކަތްކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓައިޕިންގ ޕޫލުގެ މުވައްޒަފުންނަށާއި، މި ދިވެހި ތަރުޖަމާގެ އެކިބައިބައި އެންމެ ފުރަތަމަ ޓައިޕްކޮށްދެއްވި، ހ. ސީގަލްގޭ އަލްފާޟިލާ މަރިޔަމް ރަޝީދާއަށާއި މއ. ސަލްވީނިޔާ އަލްފާޟިލާ ފާތުމަތު ރަޝީދާ އަށްވެސް ޝުކުރު ދަންނަވަމެވެ.
ހަމައެފަދައިން، ކޮމްޕިއުޓަރުން ދިވެހި ތަރުޖަމާ ލިޔަމުން ދިޔައިރު، ޢަރަބި ބައެއް ލަފްޒުތައް ލިޔުމުގައި ދިމާވި ދަތިތައް ޙައްލު ކޮށްދެއްވުމަށް، ގ.ގޯޅިތެރޭގޭ އަލްފާޟިލް އިސްމާޢީލް ޢަބްދުލްޤާދިރު ކޮށްދެއްވި މަސައްކަތަށާއި، މި ތަރުޖަމާގެ ލޭއައުޓް ހެދުމުގެ ކުރިން، މި ތަރުޖަމާ ލިޔެފައިމިވާ ފޮންޓު އިޞްލާޙު ކޮށްދެއްވައި، ލޭއައުޓް އެ ފޮންޓުން ލިޔެވޭގޮތް ހައްދަވައިދެއްވި، ގ.ގޯޅިތެރޭގޭ އަލްފާޟިލް މުޙައްމަދު ޢަބްދުލްޤާދިރަށްވެސް ޝުކުރުދަންނަވަމެވެ.
އަދި ކީރިތި ޤުރްއާން ދިވެހި ބަހަށް ތަރުޖަމާކުރާ ކޮމިޓީގެ ސެކްރެޓަރީންގެ ގޮތުގައި މަސައްކަތް ކުރެއްވި ބުރުނީ އަލްފާޟިލް އިބްރާހިމް އިސްމާޢީލާއި، މ.އޯކިޑްވާދީ އަލްފާޟިލް އިބްރާހިމް ފައުޒީއަށްވެސް، އެދެބޭފުޅުން ކޮށްދެއްވި މަސައްކަތްތަކަށްޓަކައި، ޝުކުރު ދަންނަވަމެވެ.
އެތައް އަހަރަކަށް ދިގުދެމިގެންދިޔަ މި މާތް އަދި ބުރަ މަސައްކަތުގައި، އެކިދުވަސްވަރު އެކި ޙަޢިސިއްޔަތުން އަދި ތަފާތު ރޮނގުރޮނގުން ގިނަގުނަ އިޙްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވި، އިސްވެދެންނެވި ހުރިހާ ބޭފުޅުންނަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ! އަދި މިދެންނެވި ބޭބޭފުޅުންގެތެރެއިން މިދުނިޔެދޫކުރައްވާފައިވާ ބޭފުޅުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުންއެދި ދުޢާ ކުރަމެވެ.
އަޅުގަނޑުގެ މި މުޤައްދިމާ ނިންމާލުމުގެ ކުރިން ވަރަށް މުހިންމު ދެ ވާހަކައެއް ދަންނަވާލަން ބޭނުންވެއެވެ. އޭގެތެރެއިން އެއް ވާހަކައަކީ، މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއެއް އަޅުގަނޑުމެންގެ އަތްމަތީގައި އޮތެއްކަމަކު، އެ ތަރުޖަމާއިން އެކިއެކި ޝަރުޢީ ޙުކުމްތައް ދެނެގަތުމާއި، އެކިކަންކަމުގެ ޙުއްޖަތެއްގެ ގޮތުގައި އެކިއެކި އާޔަތްތައް ބޭނުންކުރައްވަންވާނީ، ހަމައެކަނި އެފަދަ ފެންވަރަކަށް ޝަރުޢީ ޢިލްމުތައް ޙާޞިލުކުރައްވައިގެން ތިއްބެވި ބޭފުޅުންކަން ހަނދުމަފުޅުކޮށް އަރުވާ ވާހަކައެވެ. އެހެނީ، ޤުރްއާނުގެ އާޔަތްތަކުގެ ހަޤީޤީ މާނައާއި، މަޖާޒީ މާނައާއި، އޭގައިވާ ޢާންމު ޙުކުމްތަކާއި، ޚާއްޞަ ޙުކުމްތަކާއި، މުޠުލަޤު ޙުކުމްތަކާއި، މުޤައްޔަދު ޙުކުމްތަކާއި، ނާޞިޚު އާއި މަންސޫޚް ފަދަ، ކަންކަން ރަނގަޅަށް އެނގުމަކާނުލައި، ކީރިތި ޤުރްއާނުގެ އެކި އާޔަތްތަކުގެ ފުރިހަމަ މާނައާއި، ދޭހަކޮށްދޭ ޙުކުމާއި، މަޤްޞަދު އެއްގޮތަކަށްވެސް އޮޅުންނުފިލާނެތީއެވެ.
އަނެއް ވާހަކައަކީ، ކިތަންމެ ހެޔޮނިޔަތެއްގައި، ކިތަންމެ އިޚްލާޞްތެރިކަމާއި ކިތަންމެ ފަރުވާތެރިކަމާއެކު މަސައްކަތްކުރި ނަމަވެސް، އިންސާނުން ކުރާ ކޮންމެ މަސައްކަތެއްގައިވެސް އުނި ކަންތައްތަކެއް ހުންނާނެ ވާހަކައެވެ. އެގޮތުން، މި ތަރުޖަމާގައިވެސް އުނިކަންތައްތަކެއް ހުންނާނެކަން ކަށަވަރެވެ. އެފަދަ ކަންތައްތައް ފެނުނުވަރަކުން، އެކަންތައްތައް އިޞްލާޙު ކުރުމަކީ، ކުރަންޖެހޭނެ ކަމެކެވެ. ފުރިހަމަކަމަކީ، ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް މިލްކުވެވޮޑިގެންވާ ސިފަފުޅެކެވެ.
ކީރިތި ޤުރްއާނުގެ އިތުބާރުހުރި ދިވެހި ތަރުޖަމާއެއް ތައްޔާރުކުރުމުގެ ބުރަ މަސައްކަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވި އޯގާވެރި ޢިނާޔަތާއި މަދަދަށްޓަކައި، އެކަލާނގެ ހަޟްރަތަށް، އެންމެ ކުރިންވެސް އަދި އެންމެފަހުންވެސް ޙަމްދާއި ޝުކުރު ދަންނަވަމެވެ.
އަޅުގަނޑުގެ ދުޢާއަކީ، މި ތަރުޖަމާއިން، ދިވެހި އަޚުންނާއި އުޚްތުންނަށް، ކީރިތި ޤުރްއާން މުޅި އިންސާނިއްޔަތަށް ގެނެސްދިން ހިދާޔަތާއި ހެވާއި ލާބައާއި މަންފާ އެނގި، އެއަށް ޢަމަލުކުރުމުގެ ހެޔޮ ވިސްނުމާއި ތައުފީޤު މާތް ﷲ ދެއްވުމެވެ.
وَآخِرُ دَعْوَانَا أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.
12 ޝައްވާލް 1428
1 ނޮވެންބަރު 2007
މައުމޫން ޢަބްދުލް ޤައްޔޫމް
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ
Translation json columns:
1. Fully thaana translation.
2. Original translation with arabic words.
Text was taken from kudanai/Quran-Translation
latest, dev branch, which is usually ahead of master
(The release versioning "0.123..." is only updated when an update is sent to tanzil, so dont look to that)
Updated my data from the repo on 10/2/25
This is the official repository for the digitized version of the Dhivehi Quran translation, by the President's office. Latest updates and fixes will always be available in this repo, which is the original source for the text of all other apps and sites that show a Dhivehi translation.
This project is maintained by Kudanai, and I and Hassaan are co-contributors. We've fixed a lot of mistakes in the digital text over the years. If readers happen to find errors in the digital text of the Dhivehi translation, and those errors are still present even on this page right here, then approach us and tell us directly, and it will get fixed in sha Allah.
If those errors are not present on this page, then it means that we have already fixed them in the official repository and nothing more needs to be done on our end. Rather, now the other sites and apps in which the error was found need to update their databases to the latest version in order to match our text.
• Hadithmv (This current page. The latest versions of the original arabic word embedded translation, as well as the (utils/transliterator) generated alternate thikijehi thaanafied version, are both available here, taken straight from the source repository itself. Sometimes the text here may be even more up to date than the repo's main branch, as in the source repo, fixes can take time to be merged from the dev branch to the main branch.)
• Al Quran (by Greentech Apps Foundation) Easy to get them to update, as the developers are responsive and quick to apply changes when needed. Last time they updated the text we gave them was on 10/4/25. They require csv files.
• Quran.com (also Quran for Android)We had been talking with the developers since 23/5/23 regarding updating, and finally around 2/3/25, they updated the text on their mobile app. Though they have not yet updated their website to the lastest version. Gave them the link to the Kudanai repo.
Quranly Last time they updated the text we gave them was on 18/4/25. They require json files.
The following platforms have older versions of the text which still contain many uncorrected errors:
• Tanzil (All other apps and sites that use the Dhivehi translation almost always pull their text from Tanzil, which in turn pulls their text from ours. The last time they updated their text was on 4/5/22, which we sent them on 22/4/21. Furthermore, their responses have been very very slow as of late, and they still haven't gotten around to applying the latest patches, despite numerous requests over the years.)
• Quran.mv (They initially got their text from Tanzil, and have since been correcting mistakes as they find them, in just their app. We reached out to the developer on 12/12/23 and talked about updating to the latest version and merging the corrections. They said they would do so in their new release, but have not yet done so as of this writing.)
• Quranthafseeru.com (This is actually a tafsir that also includes the official president's office translation along with it. For that, they used a word document they themselves prepared and corrected some typos they had found. We reached out to the developer on 25/11/23 and talked about updating to the latest version and merging the corrections. But that has still not been done yet as of this writing)
The following Dhivehi apps also most probably use an older version of the text hosted by Tanzil:
• Dhivehi Quran Mv (7/1/24, 11.0, Beetle Bite - com.Asim.dhivehiquran)
• Dhivehi Quran (20/9/23, 1.0.0, dhivehi.mv - mv.dhivehi.quran)