القرآن والتفسير - ގުރްއާނާއި ތަފްސީރު
ފަހަތަށް

1 ترجمة حديث إم في

ޙަދީޘްއެމްވީގެ ތަރުޖަމާ

2 الترجمة الرسمية

ރަސްމީ ތަރުޖަމާ

(ރައީސުލްޖުމްހޫރިއްޔާގެ އޮފީސް)

3 ترجمة بكر بي

ބަކުރުބެގެ ތަރުޖަމާ

4 تفسير القرآن لجعفر

ޖަޢުފަރުގެ ގުރްއާން ތަފްސީރު*

(އިތުރު ތަފްސީރެއްގެ ތަރުޖަމާ ނިމިފައި، މުރާޖާކުރެވެނީ...)

6 تفسير العشر الأخير

ގުރްއާނުގެ ފަހު ދިހަބައި ކުޅަ އެއްބައިގެ ތަފްސީރު

معجم ألفاظ القرآن

ގުރްއާން ލަފްޒުތަކުގެ ރަދީފު

ترجمة التفسير الميسر

ތަފްސީރު އަލްމުޔައްސަރުގެ ތަރުޖަމާ

(ތައްޔާރުވަނީ...)

ترجمة ملنجي حسين ديدي

މަލިންގޭ ޙުސައިންދީދީގެ ތަރުޖަމާއާއި ތަފްސީރު

(1، 2، 3 އިސްރާއިން އަންކަބޫތަށް، PDF)

التفسير الميسر (النص)

(އަރަބި ނައްސުގެ ލިންކު)

المختصر في التفسير

(ލިންކު)

تفسير السعدي

(ލިންކު)

الميسر في غريب القرآن

(ލިންކު)

إعراب القرآن

(ލިންކު)

الإعراب المرسوم

(ލިންކު)

بطاقات تعريف السور

(ލިންކު)

موسوعة القراءات

(ލިންކު)

مصحف التجويد

ތަޖްވީދު މުސްހަފު

(PDF)

جهود علماء المالديف في ترجمة معاني القرآن الكريم وتفسيره

(ގުރްއާން ތަރުޖަމާކޮށް ތަފްސީރު ކުރުމުގައި ދިވެހި އިލްމުވެރިން ކުރި މަސައްކަތް، އަރަބި PDF)

الروايات التفسيرية في فتح الباري

(ފަތްޙުލް ބާރީގައި ހުރި ތަފްސީރީ ރިވާޔަތްތައް، އަރަބި އީ-ފޮތް ލިންކު)

القرآن في صفحة واحدة

މުޅި ގުރްއާން އެއް ސަފުހާއެއްގައި

(PDF)

ނޯޓު: މިއީ އެންމެ ގިނަ ގުރްއާނުގެ ދިވެހި ތަރުޖަމާއާއި ތަފްސީރު އެއް މަންސައަކުން ލިބެން ހުރި ތަނެވެ.
⚠️ މިތާ އަދި އިތުރު ތަރުޖަމާތަކެއް ހުރުމުގެ މާނައަކީ، އޭގައިވާ ހުރިހާ އެއްޗެއް ރަނގަޅު ވާހަކައެއް ނޫނެވެ. އެ ތަރުޖަމާތަކުގައި މައްސަލަ އުޅެއެވެ. ހާޖަތަށް ޓަކައި އެ އިން ގޮތަށް ގެނެސްފައި ވިޔަސް، އޭގައިވާ ކުށްތަކަކަށް އަހަރުމެން އިގުރާރެއް ނުވަމެވެ. ކުށެއް ވާނީ ހަމަ ކުށަކަށެވެ. ނަމަކުން ޚިދުމަތަކުން އެއެއް ބަދަލެއް ނުވާނެއެވެ.

ﷲ ވަހީކުރެއްވިއެވެ: ”ހަމަކަށަވަރުން މި ގުރްއާން އެންމެ ސީދާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން ސާލިހު އަމަލުތައް ކުރާ މުއުމިނުންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި ޚަބަރު ދެއެވެ.“ [الإسراء 9]

ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”ތިމަން ކަލޭގެފާނުގެ އުއްމަތުގެ ތެރެއިން، އެބައިމީހުން ކިރު ބޯ ފަދައިން، ގުރްއާން ބޯލާނެ ބަޔަކު ނުކުމެގެން އަންނާނެއެވެ.“ [المعجم الكبير 821]

ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވިއެވެ: ގުރްއާނުގައި (ޖެއްސެވޭ) މިސާލުތައް ތިމަންނައަށް އަޑުއިވޭ ހިނދު، ތިމަންނައަށް އެ ފަހުމް ނުވާނަމަ، ތިމަންނަގެ އަމިއްލަ ނަފްސުގެ މައްޗަށް ރޮމެވެ. އެހެނީ ހަމަކަށަވަރުން ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ”އަދި އެ މިސާލުތައް ތިމަން އިލާހު މީސްތަކުންނަށް ޖައްސަވަމެވެ. އަދި (އިލްމު) ދަންނަ މީހުންނަށް މެނުވީ އެ މިސާލުތަކެއް ނުވިސްނެއެވެ.“ [تفسير ابن كثير 1/208]

الحديث والأثر - ޙަދީޘާއި އަޘަރު
ފަހަތަށް

ނޯޓު: މިއީ އެންމެ ގިނަ ޙަދީޘްގެ ދިވެހި ތަރުޖަމާ އެއް މަންސައަކުން ލިބެން ހުރި ތަނެވެ. މިހާރު މި ތަރުޖަމާ ކުރަމުން ގެންދާ ޙަދީޘް ފޮތް ނިމުނީމާ، ދެން ތަރުޖަމާ ކުރާނީ ބުޚާރީއާއި މުސްލިމް، އިން ޝާއަ ﷲ. ބާކީ އުޅެނީ ފަސް ސަތޭކައެއްހައި ޙަދީޘް، އެހެންކަމުން ތަރުޖަމާގައި އެހީވާން އެދޭ ނަމަ އަންގާލަދޭށެވެ.

ﷲ ވަހީކުރެއްވިއެވެ: ”އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުދައްކަވައެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަހީއެއް ކަމުގައި މެނުވީ ނުވެއެވެ.“ [النجم 4]

ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”ތިމަން ކަލޭގެފާނުގެ ބަސްފުޅު އަޑުއަހައި، އެ ރަނގަޅަށް ވިސްނި، ދެން އެ ބަސްފުޅު އަޑުއެހި ގޮތަށް (އެހެން މީހަކަށް) ފޯރުކޮށްދީފި މީހާގެ މޫނު ﷲ އުޖާލާ ކުރައްވާށިއެވެ.“ [حلية الأولياء 105]

އިމާމު އަޙްމަދު [241 ހ.] ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ނަބީ ﷺ ގެ ޙަދީޘްފުޅެއް ރައްދުކޮށްފި މީހާ ވަނީ ހަލާކުގެ ތުންފަތް މަތީގައެވެ. [الإبانة الكبرى 1/260]

الصفحة الرئسية - މައި ސަފުހާ

ﷲ ވަހީކުރެއްވިއެވެ: ”ހަމަކަށަވަރުން ކަލޭގެފާނު ލޯބިފުޅުވާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެއެވެ. އެހެނެއްކަމަކު ﷲ އިރާދަކުރެއްވި މީހަކަށް އެ އިލާހު ތެދުމަގު ދައްކަވައެވެ. އަދި ތެދުމަގު ލިބެނިވި މީހުން އެ އިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ.“ [القصص 56]

ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ: ”ފަހުން އަންނަ ކޮންމެ ބަޔެއްގެ ތެރެއިންވެސް އެބައިމީހުންގެ އަދުލުވެރިން މި އިލްމު އުފުލާނެއެވެ. ޖާހިލުންގެ ބަދަލު ކުރުންތަކާއި، ބާތިލު ކުރާ މީހުންގެ ދައުވާތަކާއި، ފަހަނައަޅައިދާ މީހުންގެ އޮޅުވާލުންތައް އެބައިމީހުން އެ އިލްމުން ނަފީ ކުރާނެއެވެ.“ [تاريخ دمشق 7/39]

ފުޟައިލު ބިން ޢިޔާޟު [187 ހ.] ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ހިދާޔަތުގެ މަގުތަކަށް ތަބާވާށެވެ. އަދި (އެ މަގުތަކުގައި) ހިނގައި އުޅޭ މީހުންގެ މަދުކަމުން ތިބާއަކަށް ގެއްލުމެއް ނުކުރާނެއެވެ. އަދި މަގުފުރެދުމުގެ މަގުތަކުން ސަމާލުވެ ރައްކާތެރިވާށެވެ. އަދި (އެ މަގުތަކުގައި ގެއްލި) ހަލާކުވެދާ މީހުންގެ ގިނަކަމުން ތިބާ ހެއްލުންތެރި ނުވާށެވެ. [الاعتصام للشاطبي 1/112]

العقيدة والمنهج - އަގީދާއާއި މަންހަޖު
ފަހަތަށް

0 الجامع في العقائد

އެއްކުރަމުންދާ އަގީދާގެ ފޮތްތައް

1 أسماء الله الحسنى

ﷲ ގެ އެންމެ ރިވެތި އިސްމުފުޅުތައް

(މުރާޖާކުރަނީ)

2 أصول السنة لأحمد

އަޙްމަދު ލިޔުނު ސުންނަތުގެ އުސޫލުތައް

(މުރާޖާކުރަނީ)

3 شرح السنة للبربهاري

ބަރްބަހާރީ ލިޔުނު ސުންނަތުގެ ޝަރަހަ

4 عقيدة الرازيين

ދެ ރާޒީންގެ އަގީދާ

5 كلمة الإخلاص لابن رجب

އިބްނު ރަޖަބު ލިޔުނު އިޚްލާސްގެ ކަލިމަ

6 تلخيص العقيدة من كتاب الشريعة للآجري

އާޖުއްރީ ލިޔުނު ޝަރީއަތް ފޮތުގެ އަގީދާގެ ޚުލާސާއެއް

7 الانتصار لأصحاب الحديث للسمعاني

ޙަދީޘްގެ އަސްހާބުންނަށް ނަސްރުދިނުން

8 عقيدة السلف لأبي عثمان الصابوني

އަބޫ ޢުޘްމާން އައްޞާބޫނީ ލިޔުނު ސަލަފުންގެ އަގީދާ

9 كتاب الإيمان لأبي عبيد

އަބޫ ޢުބައިދު ލިޔުނު އީމާންކަމުގެ ފޮތް

10 نواقض الإسلام

އިސްލާމްކަން ގެއްލޭ ކަންކަން

11 ‌‌القواعد الأربع

ހަތަރު ގަވާއިދު

12 الأصول الستة

ހަ އުސޫލު

13 الأصول الثلاثة

ތިން އުސޫލު

14 أحكام تهم المسلم (من العشر الأخير)

މުސްލިމަކަށް މުހިއްމުވާ ހުކުމްތައް

15 مختصر في توحيد الأسماء والصفات

އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި ﷲ ތަޢާލާގެ އެއްކައުވަންތަކަން ޚުލާޞާކޮށް

16 حقوق دعت إليها الفطرة

ފިތުރަތުން އެ ކަންކަމަށް ގޮވާލާ ހައްގުތައް

17 من خلقني ولماذا؟

އަހަރެން އުފެއްދެވީ ކޮން ފަރާތަކުން އަދި ކޮން މަގުސަދަކަށްހެއްޔެވެ؟

شرح السنة للبربهاري

ބަރްބަހާރީގެ ސުންނަތުގެ ޝަރަހަ

(DFK ތަރުޖަމާ)

ﷲ ވަހީކުރެއްވިއެވެ: ”ފަހެ ތިޔަބައިމީހުން އެ ކަންކަމަށް އީމާންވެގެން ތިބި ފަދައިން އެބައިމީހުން ވެސް އީމާންވާ ނަމަ، ފަހެ އެބައިމީހުންނަށް ތެދުމަގު ލިބިއްޖެކަން ކަށަވަރެވެ. އަދި އެބައިމީހުން އެނބުރި ފުރަގަސްދީފި ނަމަ، ފަހެ އެބައިމީހުން ދެކޮޅުވެރި ކަމެއްގެ ތެރޭގައި މެނުވީ ނުވެއެވެ. ފަހެ އެބައިމީހުންގެ ކިބައިން، ﷲ ކަލޭގެފާނު ފުއްދަވާ ދެއްވާނެއެވެ. އަދި އެ އިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.“ [البقرة 137]

ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”އަދި ތިމަން ކަލޭގެފާނުގެ އުއްމަތް، ހަތްދިހަ ތިން ބަޔަށް ބައިބައިވެގެން ދާނެއެވެ. އެ ހުރިހާ ބަޔެއް ވެސް ވަނީ ނަރަކައިގައެވެ. އެއް ބަޔަކު ފިޔަވައެވެ.” (މީސްތަކުން) ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލެެވެ. އެއީ ކޮން ބަޔެއްހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “އެއީ ތިމަން ކަލޭގެފާނާ އަދި ތިމަން ކަލޭގެފާނުގެ ސަހާބީން މި ތިއްބެވި ގޮތެއްގެ މަތީގައި ތިބި ބަޔެކެވެ.“ [جامع الترمذي 2641]

އިމާމު ބަރްބަހާރީ [329 ހ.] ވިދާޅުވިއެވެ: ތިޔަބައިމީހުން ދަންނާށެވެ. އިސްލާމް ދީނަކީ ސުންނަތެވެ. އަދި ސުންނަތަކީ އިސްލާމް ދީނެވެ. އަދި އެ ދޭތިންކުރެ އެއް ކަމެއް، އަނެއް ކަމަކާ ލައިގެން މެނުވީ ގާއިމު ނުވާހުއްޓެވެ. [شرح السنة للبربهاري 1]

اللغة والكتابة - ބަހާއި ލިޔުންތެރިކަން
ފަހަތަށް

1 الجامع في المعاجم

އެއްކުރަމުންދާ ރަދީފުތައް

مناهج معهد تعليم اللغة العربية

މަދީނާ އަރަބި ފޮތްތައް

2 معجم اللغة الديفهية

ދިވެހިބަހުގެ ރަދީފު (ރަސްމީ)

3 معجم الأسماء

އެއްކުރަމުންދާ ނަންފޮތް

4 معجم ألفاظ القرآن

ގުރްއާން ލަފްޒުތަކުގެ ރަދީފު

5 (معجم) الإيقاظ

އަލްއީގާޡް

(އަރަބި ދިވެހި ރަދީފު)

6 Manik’s Concise Etymological Vocabulary

މަނިކުގެ ދިވެހި އިނގިރޭސި ރަދީފު

7 معجم أحمد فهمي

އަޙްމަދު ފަހްމީގެ ރަދީފު

استخدام اللغة الديفيهية وفقا لقواعدها

ބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުންކުރުން (ދިވެހި)

قواعد فصل الكلمات

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު (ދިވެހި)

دي فهرست

ދިފިހުރިސްތު

(ދީނީ ލިޔުންތަކަގެ މައުލޫމާތު PDF)

أصول استخدام النقت في الديفهية

ތާނައިގައި ހުރި ނުކުތާޖެހި އަކުރުތައް ބޭނުންކުރާނެ ހަމަ

قواعد اللغة الديفهية

ދިވެހިބަހުގެ ގަވާއިދު

(PDF)

قواعد كتابة التانا

ތާނަލިޔުމުގެ ގަވާއިދު

(PDF)

قواعد كتابة الحروف اللاتينية

ލެޓިން އަކުރުން ލިޔުމުގެ ގަވާއިދު

(PDF)

ނޯޓު: މިއީ އެންމެ ގިނަ ދިވެހި ލަފްޒުތަކާއި މާނަތައް އެއް މަންސައަކުން ލިބެން ހުރި ތަނެވެ. އަދި ދިވެހި ބަހުގެ އިތުރުން، އަރަބިންނާއި އިނގިރޭސިން ވެސް ލިބޭނެއެވެ.

ﷲ ވަހީކުރެއްވިއެވެ: ”އަދި އެފަދައިން އަރަބި ބަހުންވާ، ހުކުމް ކުރުވަނިވި (ފޮތެއް) ގޮތުގައި، ތިމަން އިލާހު އެ (ގުރްއާން) ބާވައިލެއްވީމެވެ. އަދި އިލްމުގެ ތެރެއިން ކަލޭގެފާނާ ހަމައަށް އައި ކަންތަކަށް ފަހު، ދެން އެބައިމީހުންގެ ހަވާނަފުސަށް ކަލޭގެފާނު ތަބާވެ ވަޑައިގެންފިނަމަ، ﷲ އާ ދެކޮޅަށް ނަސްރު ދޭނެ ފަރާތަކުވެސް އަދި ރައްކާތެރި ކުރާނެ ފަރާތަކުވެސް ކަލޭގެފާނަކަށް ނުވާނެއެވެ.“ [الرعد 37]

ޒައިދު ބިން ޘާބިތު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ރަސޫލު ﷲ އަށްޓަކައި، ތިމަންނަ ޔަހޫދީން ލިޔާ ބަސްތައް އުނގެނުމަށް، އެކަލޭގެފާނު ތިމަންނައަށް އަމުރުކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ”ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން (އެއްވެސް) ލިޔުމެއްގެ މައްޗަށް ޔަހޫދީންނަށް ތިމަން ކަލޭގެފާނު އިތުބާރެއް ނުކުރައްވަމެވެ.“ (ޒައިދު) ވިދާޅުވިއެވެ: ފަހެ މަހެއްގެ ދެބައިކުޅަ އެއްބައި ތިމަންނައަށް ވޭތު ނުވަނީސް، އެކަލޭގެފާނަށްޓަކައި ތިމަންނަ އެ ބަސް ދަސްކޮށްފީމެވެ.“ [جامع الترمذي 2715]

ޢުމަރުގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ތިޔަބައިމީހުން ސުންނަތުގައި ފިގުހުވެރި ވާށެވެ. އަދި އަރަބި ބަހުގައި ވެސް ފިގުހުވެރި ވާށެވެ. އަދި ގުރްއާނުގައިވާ އަރަބި ބަސްތަކުގެ މާނަ ދެނެގަންނާށެވެ. އެހެނީ ހަމަކަށަވަރުން އެ ގުރްއާން ވަނީ އަރަބި ބަހުންނެވެ. [مصنف ابن أبي شيبة 29914]

أكاديمية حديث إم في - ޙަދީޘްއެމްވީ އެކެޑެމީ
ފަހަތަށް

ﷲ ވަހީކުރެއްވިއެވެ: ”އަދި ﷲ އަށް މެނުވީ އެ އާޔަތްތަކުގެ މާނަ ދެނެވޮޑިގެން ނުވެއެވެ. އަދި އިލްމުގެ (އަހުލުވެރިން ތެރެއިން އަރާހުރި) ސާބިތުކަން ލިބިފައިވާ މީހުންނަށް ވެސް (އެ އާޔަތްތަކުގެ މާނާ އެނގިގެންވެއެވެ.) އަދި އެ މީހުން ބުނެއެވެ: ތިމަންމެން މި ތިބީ އެ އާޔަތްތަކަށް އީމާން ވެގެންނެވެ. ހުރިހާ އާޔަތްތަކެއްވެސް ވަނީ، ތިމަންމެންގެ ރައްބުގެ ހަޒްރަތުންނެވެ.“ [آل عمران 7]

ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”ﷲ މީހަކަށް ހެޔޮ ގޮތް އިރާދަކުރައްވައިފި ނަމަ، އެ އިލާހު އެ މީހަކަށް ދީން ފަހުމްކޮށްދެއްވައެވެ.“ [صحيح البخاري 71]

ބުޚާރީ ވިދާޅުވިއެވެ: އިބްނު ޢައްބާސް ވިދާޅުވިއެވެ: ”ތިޔަބައިމީހުން ރައްބާނީން ކަމުގައި ވާށެވެ.“ (މި އާޔަތުގެ) މާނައީ، ހިލްމުވެރި ފިގްހުވެރިން (ކަމުގައި ވާށެވެ.) އަދި ބުނެވުނެވެ: ރައްބާނީއަކީ، އިލްމުގެ ބޮޑެތި ކަންކަމުގެ ކުރިން، އޭގެ ކުދި ކަންކަމުން މީސްތަކުން ތަރުބިއްޔަތުކުރާ މީހާއެވެ.“ [صحيح البخاري، باب ‌‌10 العلم قبل القول والعمل]

متون طالب العلم - އިލްމު އުނގެނޭ ދަރިވަރުގެ މަތުނުތައް
ފަހަތަށް

ﷲ ވަހީކުރެއްވިއެވެ: ”ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި އިލްމު ދެވިގެންވާ މީހުން، ﷲ ދަރަޖަތަކަކަށް އުފުއްލަވައެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.“ [المجادلة 11]

ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”އަދި އިލްމު ހޯދުމަށް ޓަކައި މަގަކުން ހިނގައިފި މީހަކަށް، އެ ކަމުގެ ސަބަބުން ސުވަރުގެއަށް ދާނެ މަގެއް ﷲ އޭނާއަށް ފަސޭހަ ކޮށްދެއްވާނެއެވެ.“ [صحيح مسلم 2699a]

އިމާމު ޝާފިޢީ [204 ހ.] (ޅެންބައިތެއްގައި އެކަލޭގެފާނުގެ ޝައިޚަކާމެދު) ވިދާޅުވެފައިވެއެވެ: ވަކީޢުއަށް އަހުރެންގެ ހަނދާން ދެރަކަމުގެ ޝަކުވާކުރީމެވެ. އެ ހިނދު ފާފަތައް ދޫކޮށްލުމަށް އެކަލޭގެފާނު އިރުޝާދު ދެއްވިއެވެ. އަދި ވިދާޅުވިއެވެ: ދަންނާށެވެ. ހަމަކަށަވަރުން އިލްމަކީ ނޫރެކެވެ. ﷲ ގެ ފަޟްލު ފާފަވެރިއަކަށް ފާފަވެރިޔާއަކަށް ނުދެއްވާނެއެވެ.“ [الداء والدواء 52]

المتنوعات - އެހެނިހެން
ފަހަތަށް

ﷲ ވަހީކުރެއްވިއެވެ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ރުކޫ ކުރާށެވެ. އަދި ސަޖިދަ ކުރާށެވެ. އަދި ތިޔަބައިމީހުންގެ ވެރި ރައްބަށް އަޅުކަން ކުރާށެވެ. އަދި ތިޔަބައިމީހުން ހެޔޮ ކަންތައް ކުރާށެވެ. (އެއީ) ތިޔަބައިމީހުން ދިންނަވައި ކާމިޔާބުވޭތޯއެވެ.“ [الحج 77]

ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާއަށް މަންފާ ކޮށްދެވެން ހުރި ނަމަ، ފަހެ އޭނާ އެކަން ކުރާށެވެ.“ [صحيح مسلم 2199]

އިމާމު މާލިކު [179 ހ.]، އިމާމު ޝާފިޢީއަށް ވަސިއްޔަތްކުރެއްވި ކަމުގައި ވެއެވެ: ރަށްފުށުގައި ދިރިނޫޅޭށެވެ. އެ ހިނދު ތިބާގެ އިލްމު ގެއްލެނިވެގެން ހިނގައިދާނެއެވެ. އަދި ދިރުހަމް ހޯދަން މަސައްކަތް ކުރާށެވެ. އަދި މީސްތަކުންގެ މައްޗަށް ބޭނުން ޖެހިފައިވާ މީހަކަށް ނުވާށެވެ. އަދި ޖާހު ހުރި މީހަކު އެހީތެރިއެއްގެ ގޮތުގައި ނަގާށެވެ. އެއީ އާންމު މީސްތަކުން ތިބާ ކުޑައިމީސް ނުކުރުމަށްޓަކައެވެ. އަދި ވެރިއެއްގެ ގާތުގައި ތިބާ ދަންނަ މީހަކުވާ ހާލު މެނުވީ، އޭނާގެ ގާތަށް ތިބާ ނުވަންނާށެވެ. އަދި ބޮޑު މީހަކާއެކު ތިބާ އިށީންނަ ނަމަ، އޭނާއާ ތިބާއާ މެދުގައި ހުސް ޖާގައެއް ބަހައްޓާށެވެ. އެއީ ތިބާއަށް ވުރެ ގާތް މީހަކު އޭނާ ގާތަށް އައުމުން، އޭނާ އެ މީހާ ގާތްކޮށް، ތިބާ ދުރުކޮށްގެން، ދެން ތިބާގެ ހިތުގައި އެއްޗެއް ހީވިޔަ ނުދިނުމަށް ޓަކައެވެ. [شرح الخرشي 1/35]

تحميلات - ޑައުންލޯޑުތައް
ފަހަތަށް

ﷲ ވަހީކުރެއްވިއެވެ: ”ހަމަކަށަވަރުން އުޑުތަކާއި، ބިމުގައި ވާހާ ތަކެއްޗެއް ﷲ ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރި ކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭނގޭހެއްޔެވެ؟ އަދި އެ އިލާހުގެ ނިއުމަތްތައް ފާޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވިއެވެ. އަދި އެއްވެސް އިލްމަކާ ނުލާ، ނުވަތަ ތެދުމަގަކާ ނުލާ، ނުވަތަ އަލިކަން ދެނިވި ފޮތަކާ ނުލާ، ﷲ އާމެދު ޖަދަލުކުރާ ބަޔަކު، މީސްތަކުންގެ ތެރެއިން ވެއެވެ.“ [لقمان 164]

ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”ތިޔަބައިމީހުންގެ ގާތަށް އިލްމު ހޯދާ ބަޔަކު އަންނާނެއެވެ. ފަހެ ތިޔަބައިމީހުންނަށް އެބައިމީހުން ފެނިއްޖެ ނަމަ، ފަހެ އެބައިމީހުންނަށް ބުނާށެވެ: މަރުހަބާއެވެ. ރަސޫލު ﷲ ﷺ ގެ ވަސިއްޔަތައިގެން މަރުހަބާއެވެ. އަދި އެބައިމީހުންނަށް އުނގަންނައިދޭށެވެ.“ [سنن ابن ماجه 247]

ޢަބްދު ﷲ ބިން އަލްމުބާރު [181 ހ.] އަށް ދެންނެވުނެވެ: އޭ އަބޫ ޢަބްދުއްރަޙްމާނެވެ. ގޭގައި އެކަނި އިނުން ގިނަކުރަނީހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންނަ ވަނީ އެކަންޏެއް ނޫނެވެ. ތިމަންނަ ވަނީ ނަބީ ﷺ އަދި އެކަލޭގެފާނުގެ ސަހާބީންގެ ތެރޭގައެވެ. އެބަހީ: ފޮތް ބަލާ (ކިޔާ ހެދުމުގައެވެ.) [الجامع لأخلاق الراوي وآداب السامع 1752]

دار فتية الكهف - ދާރު ފިތްޔަތިލް ކަހްފި
ފަހަތަށް

دَارُ فِتْيَةِ الكَهْف | ދާރު ފިތްޔަތިލް ކަހްފިގެ މަޤްޞަދަކީ: އެންމެ މާތްވެގެންވާ ޤަރްނުތަކުގެ ބޭކަލުންނާއި އެބޭކަލުންގެ މަގަށް ތަބަޢަވި ސުންނަތް ޖަމާޢަތުގެ އިމާމުންގެ މަންހަޖު ބަޔާންކޮށްދީ އެބޭކަލުންގެ ފޮތްތަކާއި އަޘަރުތައް ފެތުރުމެވެ.

ﷲ ވަޙީކުރެއްވިއެވެ: ”އެ ޒުވާނުން، އެ ހޮހަޅަޔަށް ވަންހިނދު، ހަނދުމަކުރާށެވެ! ފަހެ އެ ޒުވާނުން ދެންނެވިއެވެ: އަޅަމެންގެ ރައްބެވެ! އިބަ އިލާހުގެ ހަޒްރަތުން އަޅަމެންނަށް ރަހުމަތެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!“ [الكهف 10]

ނަބިއްޔު ﷺ ޙަދީޘްކުރެއްވިއެވެ: ”ﷲގެ ޢަރުޝީގެ ހިޔާވަހިކަން މެނުވީ އެހެން ހިޔަލެއްނުވާ ދުވަހު ހަތްމީހަކަށް އެއިލާހުގެ ޢަރުޝިކޮޅުގެ ހިޔާދެއްވާ ހުއްޓެވެ. އެއީ ޢަދުލުވެރި ވެރިމީހާޔާއި، ﷲއަށް އަޅުކަން ކުރުމުގައި ދެމިހުންނަ ޒުވާނާއާއި، މިސްކިތާއި އެމީހެއްގެ ހިތްގުޅުވާފައިވާ މީހާއާއި، ﷲއަށްޓަކައި ލޯބިވެ އަދި ﷲއަށްޓަކައި ވަކިވާ ދެމީހުންނާއި އަދި ދަރަޖައާއި ރީތިކަންހުރި އަންހެނަކު އޭނާގެ ނަފުސު ހުއްދަނޫންގޮތުގައި ބޭނުންކުރުމަށް ދަޢުވަތު ދިނުމުން ﷲ ދެކި ބިރުވެތިވަމޭ ބުނަމުން އެކަމުން ދުރުވާ މީހާއާއި، ކަނާތުން ދޭ ޞަދަޤާތް ވާތަށްވެސް ނޭނގޭހާ ސިއްރުން ޞަދަޤާތްކުރާ މީހާޔާ އަދި އެކަނިހުރެ ﷲ ހަނދުމަކޮށް އެމީހެއްގެ ލޮލުން ކަރުނަ އޮހޮރުވާ މީހާއެވެ.“ [متفق عليه]

އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ: ޒުވާނެއް ކަމުގައި މެނުވީ ﷲ ނަބިއްޔަކު ނުފޮނުއްވަތެވެ. އަދި ޒުވާނެއް ކަމުގައި މެނުވީ ޢިލްމުވެރިޔަކަށް ޢިލްމެއް އެ އިލާހު ނުދެއްވަތެވެ. އަދި އެބޭފުޅާ ކިޔަވާ ވިދާޅުވިއެވެ: ”އެބައިމީހުން ބުންޏެވެ. އިބްރާހީމް އޭ ކިޔާ ޒުވާނަކު އެ އެއްޗިއްސަށް އައިބު ބަސް ބުނާއަޑު ތިމަންމެންއެހީމުއެވެ.“ ”މޫސާގެފާނު އެކަލޭގެފާނުގެ ޚާދިމު ޒުވާނާއަށް ވިދާޅުވި ހިނދު ހަނދުމަކުރާށެވެ!“ ”ހަމަކަށަވަރުން އެޒުވާނުންނީ އެޒުވާނުންގެ ރައްބަށް އީމާންވި ބަޔެކެވެ.“ [تفسير ابن أبي حاتم 2350/7]

ގްރިޑް
قراءة القرآن قبل النوم - ނިދުމުގެ ކުރިން ގުރްއާން ކިޔެވުން
ފަހަތަށް

ހަމަކަށަވަރުން ނަބީ ﷺ، الۤمۤ تَنْزِيلُ (ސަޖިދަ ސޫރަތް) އަދި تَبَارَكَ الَّذِي بِيَدِهِ الْمُلْكُ (މުލްކު ސޫރަތް) ކިޔަވާ ވިދާޅުވުމަށް ދާންދެން އަވަހާރަފުޅު ނުލައްޕަވައެވެ. [الترمذي 2892]

ނަބީ ﷺ، ޒުމަރު (ސޫރަތް) އަދި بَنِي إِسْرَائِيلَ (އިސްރާ ސޫރަތް) ކިޔަވާ ވިދާޅުވުމަށް ދާންދެން އަވަހާރަފުޅު ނުލައްޕަވައެވެ. [الترمذي 3405]

ހަމަކަށަވަރުން ނަބިއްޔާ ﷺ ކޮންމެ ރެއަކު އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އޮށޯވެވަޑައިގަންނަވާ ހިނދު، އެކަލޭގެފާނުގެ ދެ އަތްޕުޅު އެއްކުރައްވައި، ދެން އެ ދެ އަތްޕުޅަށް ފުމެލެއްވައެވެ. އެއަށްފަހު އެ ދެ އަތްޕުޅަށް قُلْ هُوَ اللهُ أَحَدٌ، قُلْ أَعُوذُ بِرَبِّ الْفَلَقِ އަދި قُلْ أَعُوذُ بِرَبِّ النَّاسِ ކިޔަވައި ވިދާޅުވެއެވެ. އެއަށްފަހު އެ ދެ އަތްޕުޅުން އެކަލޭގެފާނަށް ވީވަރަކަށް އެކަލޭގެފާނުގެ ހަށިކޮޅުގައި ބީއްސަވައެވެ. (އެ ގޮތުން) އެ ދެ އަތްޕުޅުން (ބީއްސަވަން) ފައްޓަވަނީ، އެކަލޭގެފާނުގެ ބޮލާއި، މޫނުފުޅާއި، ހަށިކޮޅުގެ ކުރިމައްޗާ ވާ ބައެވެ. އެފަދައިން ތިން ފަހަރު އެކަލޭގެފާނު ހައްދަވައެވެ. [البخاري 5017]

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: ”ތިބާ، قُلْ يَا أَيُّهَا الْكَافِرُونَ (ކާފިރޫން ސޫރަތް) ކިޔަވާށެވެ. އެއަށްފަހު އެ ސޫރަތް (ކިޔަވާ) ނިމުމުން ނިދާށެވެ. އެހެނީ ހަމަކަށަވަރުން އެ ސޫރަތަކީ ޝިރްކުން ބަރީއަވުމެވެ.“ [أبو داود 5055]

ތިބާ ނިދަން އޮށޯންނަ ހިނދު، އާޔަތުލް ކުރްސި ކިޔަވާށެވެ. ﷲގެ ހަޒްރަތުން ތިބާގެ މައްޗަށް ރައްކާތެރިކޮށްދޭނެ (މަލާއިކަތަކު) މެދުނުކެނޑި ވާނެއެވެ. އަދި ތިބާއަށް ހެނދުނުވަންދެން ޝައިތާނު ތިބާއާ ކައިރި ނުވާނެއެވެ. [البخاري 3275]

ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”ބަގަރާ ސޫރަތުގެ ފަހު ދެ އާޔަތް، އެ ދެ އާޔަތް ރޭގަނޑެއްގައި ކިޔަވައިފި މީހަކަށް، އެ ދެ އާޔަތް ފުދޭނެއެވެ.“ [البخاري 4008]

ނަބިއްޔާ ﷺ އަވަހާރަފުޅުލެއްޕެވުމުގެ ކުރިން، މުސައްބަޙާތު (އެބަހީ: އިސްރާ، ޙަދީދު، ޙަޝްރު، ޞައްފު، ޖުމްޢާ، ތަޣާބުން، އަޢުލާ، މި ސޫރަތްތައް) ކިޔަވާ ވިދާޅުވެއެވެ. އަދި ޙަދީޘް ކުރައްވައެވެ: ހަމަކަށަވަރުން އެ (ސޫރަތްތަކުގައި)، އެއް ހާސް އާޔަތަށް ވުރެ ހެޔޮކަން ބޮޑު އާޔަތެއް ވެއެވެ.“ [الترمذي 5057]