އިސްލާމިކް މިނިސްޓްރީއިން ”ނަވަވީގެ ސާޅީސް ޙަދީޘް“ ފޮތުގެ ތަރުޖަމާ ފާސްކުރިކަމުގެ ކާޑުގައިވާ ރެފް ނަމްބަރު:
(FRM) 142-C1/INDIV/2019/61
ނަވަވީގެ ސާޅީސް ޙަދީޘްގެ ތައާރަފު | ދިވެހި ފޮތުގެ ޕީޑީއެފް
މި ފޮތް، މެސެޖް އޮފް އިސްލާމް އިން ގަންނަން ލިބޭނެ
اسم الكتاب: الأربعون في مباني الإسلام وقواعد الأحكام (الأربعون النووية) - لأبي زكريا محيي الدين يحيى بن شرف النووي الأشعري الشافعي (ت ٦٧٦ هـ)
مع زيادة ابن رجب الحنبلي (ت ٧٩٥ هـ)
تحقيق: عبد المحسن القاسم | متون طالب العلم - المستوى الأول | الطبعة السادسة، ١٤٣٩ هـ - ٢٠١٨ م.
ފޮތުގެ ނަން: އިސްލާމް ދީނުގެ އަސާސްތަކާއި ހުކުމްތަކުގެ ގަވާއިދުތަކުގައިވާ ސާޅީސް ޙަދީޘް (ނަވަވީގެ ސާޅީސް ޙަދީޘް) | ލިޔުނީ: އަބޫ ޒަކަރިއްޔާ މުޙްޔިއްދީން ޔަޙްޔާ ބިން ޝަރަފް އައްނަވަވީ އަލްއަޝްޢަރީ އައްޝާފިޢީ (676 ހ.)
އިބްނު ރަޖަބު އަލްޙަންބަލީގެ އިތުރު ޙަދީޘްތަކާއެކު (795 ހ.)
ތަހްގީގުކުރީ: ޢަބްދުލް މުޙްސިން އަލްގާސިމް | މުތޫން ޠާލިބިލް ޢިލްމި (އިލްމު އުނގެނޭ ދަރިވަރުގެ މަތުނުތައް) - ފުރަތަމަ މުސްތަވާ | ހަވަނަ ޗާޕު 1439 ހ. - 2018 މ.
نسخة الحواشي - ފުޓުނޯޓު ހުންނަ އަރަބި ނުސްޚާގެ ޕީޑީއެފް
”علم الحديث ذكر، لا يحبه إلا ذكران الرجال، ولا يكرهه إلا مؤنثوهم“.
”ޙަދީޘްގެ އިލްމަކީ ފިރިހެން އެއްޗެކެވެ. ފިރިހެނުންގެ ތެރެއިން ވެސް އެންމެ ފިރިހެންވަންތަ މީހުން ނޫނީ އެ އިލްމަށް ލޯތްބެއް ނުކުރާނެއެވެ. އަދި އޭގެ ތެރެއިން އަންހެންދުޅާ މީހުން ނޫނީ އެއަށް ނަފުރަތެއް ނުކުރާނެއެވެ.“
إنما ذكر هنا محل الشاهد.
މިތާ ޒިކުރުކުރެވިފައި ވަނީ މަޙައްލުއް ޝާހިދެވެ.
قال حمد بن عتيق: واعلم أرشدك الله أن الذي جرينا عليه، أنه إذا وصل إلينا شيء من المصنفات في التفسير، وشرح الحديث، اختبرنا واعتبرنا معتقده في العلو والصفات والأفعال.
ޙަމަދު ބިން ޢަތީގު ވިދާޅުވިއެވެ: އަދި ދަންނާށެވެ. - ﷲ ތިބާއަށް އިރުޝާދު ދެއްވާށީއެވެ. – އެ ގޮތެއްގެ މަތީގައި އަހަރުމެން ކަންތައް ކުރަމުން އައި ގޮތަކީ، ތަފްސީރު ނުވަތަ ޙަދީޘް ޝަރަހައިގެ ފޮތްތަކުގެ ތެރެއިން އެއްވެސް އެއްޗެއް އަހަރުމެންނާ ހަމައަށް ވާސިލުވެއްޖެ ނަމަ، (ﷲ) އުޑުގެ މަތީގައި ވުމާއި، (އެ އިލާހުގެ) ސިފަފުޅުތަކާއި، އަމަލުފުޅުތަކާމެދު އެ ފޮތެއްގައި އަގީދާ ހުރި ގޮތެއް އަހަރުމެން އިމްތިހާނުކޮށް ބަލައިހަދަމެވެ.
قال محمد صالح المنجد: لا تصح نسبة هذا الجزء [الحرف والصوت] إلى النووي، أمور منها: 1-أن الكتاب عاري الإسناد. 2-أنه لم ينسبه أحد إلى النووي. 3-أن فيه التصريح أنه ينقل عن الشيخ أبى العباس أحمد بن الحسن الأرموى الشافعى، وجاء فيه (ص69): "وهذا الذي ذكرناه جميعه من كلام الشيخ أبي العباس الأرموي رحمه الله " انتهى. وأبو العباس الأرموي هذا لا تعرف له ترجمة، وعلى فرض وجوده فالكلام له وليس للنووي. وثمة أمور أخرى تدل على عدم صحة نسبة الكتاب للنووي. وينظر في بيان ذلك: http://badralitammi.blogspot.com/2020/03/130.html?m=1 والنووي على عقيدة الأشاعرة لم يرجع عنها وإن كان يخالف الأشاعرة في جملة من المسائل، وهو يختار التفويض في الصفات وينسبه مذهب السلف.
މުޙައްމަދު ޞާލިޙު އަލްމުނައްޖިދު ވިދާޅުވިއެވެ: މި ޖުޒްއު (ﷲ ވާހަކަފުޅުދައްކަވަނީ އަކުރުތަކާއި އަޑުންކަމުގެ މައްސަލައިގައި ސަލަފުންގެ އަގީދާ ޒިކުރުކުރެވިފައިވާ ބައި، މި ފޮތް) ނަވަވީއަށް ނިސްބަތްކުރުން ސައްހައެއް ނޫނެވެ. ސަބަބުތަކަކާ ހުރެގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ފޮތުގައި އިސްނާދެއް ނެތުމެވެ. ދެވަނަ ކަމަކީ، އެއްވެސް މީހަކު އެ ފޮތް ނަވަވީއަށް ނިސްބަތްކޮށްފައި ނެތުމެވެ. ތިންވަނަ ކަމަކީ، އެ ފޮތުގައި ސަރީހަކޮށް އައިސްފައިވާ ގޮތުގައި، އެ ނަގުލުކޮށްފައި ވަނީ އަބުލް ޢައްބާސް އަޙްމަދު ބިން އަލްޙަސަން އަލްއުރްމަވީ އައްޝާފިޢީގެ ކިބައިންނެވެ. އަދި އެ ފޮތުގެ 69 ވަނަ ސަފުހާގައި އައިސްފައިވެއެވެ: ”އަދި މި ޒިކުރުކުރި ހުރިހާ އެއްޗެއް އައިސްފައި ވަނީ ޝައިޚު އަބުލް ޢައްބާސް އަލްއުރްމަވީގެ ބަސްތަކުންނެވެ.“ އހ. އަދި މި އަބުލް ޢައްބާސް އަލްއުރްމަވީއަކަށް ވަނަވަރެއް އެނގޭކަށް ނެތެވެ. އަދު އެ ހުރިކަމުގައި ވިޔަސް، ފަހެ އެއީ އޭނާގެ ބަސްތަކެކެވެ. ނަވަވީގެއެއް ނޫނެވެ. އަދި މި ފޮތް ނަވަވީއަށް ނިސްބަތްކުރުން ސައްހަ ނުވާކަމަށް އެހެން ސަބަބުތައް ވެސް އެބަހުއްޓެވެ. އޭގެ ބަޔާން ބެލުމަށް (ބަދްރު ބިން ޢަލީ އަލްޢުތައިބީ ލިޔުނު، ޙަރްފާއި ޞައުތުގެ ފޮތް ނަވަވީއަށް ނިސްބަތްކުރުން ނަފީކުރުމުގެ އާޓިކަލް) ބަލާށެވެ. އަދި ނަވަވީ ވީ އަޝްޢަރީ އަގީދާގެ މަތީގައެވެ. އޭނާ އެއަކުން ރުޖޫއައެއް ނުވެއެވެ. އެއީ އަދި ބައެއް މައްސަލަތަކެއްގައި އޭނާ އަޝްޢަރީންނާ ޚިލާފުވިކަމުގައި ވިޔަސްމެއެވެ. އަދި (ﷲ ގެ) ސިފަފުޅުތަކުގައި އޭނާ (މާނަ ސާބިތު ނުކޮށް) ތަފްވީޟު އިޚްތިޔާރުކުރިއެވެ. އަދި އެއީ ސަލަފުންގެ މަޒުހަބުކަމަށް ނިސްބަތްކުރިއެވެ.
سئل محمد بن صالح العثيمين: نجعل النووي وابن حجر، نجعلهما من غير أهل السنة والجماعة؟ قال: نعم، بما يذهبان إليه من الأسماء والصفات، ليسا من أهل السنة والجماعة.
މުޙައްމަދު ބިން ޞާލިޙު އަލްޢުޘައިމީންއާ ސުވާލު ކުރެވުނެވެ: ނަވަވީއާއި އިބްނު ޙަޖަރު، އެއީ އަހްލުއް ސުންނާ ވަލް ޖަމާޢަތް ނޫން ބަޔެއް ކަމަށް އަހަރުމެން ލަމުހެއްޔެވެ؟ ވިދާޅުވިއެވެ: އާއެކެވެ. އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެ ދެ މީހުން ދެކޭ ދެކުންތަކުގައި، އެ ދެ މީހުން އަހްލުއް ސުންނާ ވަލް ޖަމާޢަތުގެ ތެރެއިން ނުވެއެވެ.
وسئل أيضا: الأشاعرة يمكن نقول أنهم ليسوا من أهل السنة، لكن النووي وابن حجر... لأنه قد لا يكون مذهبهم هو مذهب الأشاعرة، يعني. الشيخ: لا لا، في باب الصفات هم مذهب الأشاعرة ماشين عليه تأويل. السائل: لكن خالفوا الأشاعرة في كثير. الشيخ: في، ابن حجر في الواقع متذبذب ولا سيما في فتح الباري، متذبذب أحيانا يؤيد مذهب السنة وأحيانا يؤيد مذهب. لكن بقطع النظر عن الرجلين جئت بهما مثلا. إنما هذا المذهب من حيث هو بعضه صحيح وبعضه ليس بصحيح، لكن في باب الصفات ليس بصحيح، حتى ما أثبتوه من الصفات لا يثبتونه على ما يثبته أهل السنة والجماعة، انظر إلى قولهم في الكلام مخالف لمذهب أهل السنة والجماعة. السائل: لكن المنهج يا شيخ الي صاروا عليه. الشيخ: نعم. السائل: بصرف النظر عن تطبيقهم في مسألة الصفات. الشيخ: نعم. السائل: لكن أصل منهجهم تقديم العقل. الشيخ: نعم. السائل: يعني مو... التطبيق في الصفات. الشيخ: لا لا، لكن تقديم العقل في باب الصفات.
އަދިވެސް އަލްޢުޘައިމީންއާ ސުވާލު ކުރެވުނެވެ: އަޝްޢަރީންނަކީ އަހްލުއް ސުންނާ ވަލް ޖަމާޢަތުގެ ތެރެއިންވާ ބަޔެއް ނޫންކަމަށް އަހަރުމެންނަށް ބުނެވިދާނެއެވެ. ނަމަވެސް ނަވަވީއާއި އިބްނު ޙަޖަރު، އެ މީހުންގެ މަޒްހަބަކީ އަޝްޢަރީ މަޒްހަބަށް ނުވެދާނެއް ނޫންހެއްޔެވެ؟ ޝައިޚު ވިދާޅުވިއެވެ: ނޫނެކެވެ. ނޫނެކެވެ. ސިފަފުޅުތަކުގެ ބާބުގައި އެ މީހުންނަކީ އަޝްޢަރީ މަޒްހަބެވެ. ހިނގީ އޭގެ މަތީގައެވެ. ތައުވީލެވެ. ސުވާލު ކުރާ މީހާ: އެހެނަސް، ބައިވަރު ކަންކަމުގައި އެ މީހުން އަޝްޢަރީންނާ ޚިލާފުވިއެއް ނޫންހެއްޔެވެ؟ ޝައިޚު: އެބަހުއްޓެވެ. އެހެނަސް ވާގިއުގައި އިބްނު ހަޖަރު ދެކޮޅަށް ކިރިކިރި ހުއްޓެވެ. ވަކިން ޚާއްސަކޮށް ފަތްޙުލް ބާރީގައެވެ. ދެކޮޅަށް ކިރުނެވެ. ބައެއް ފަހަރު ސުންނަތުގެ މަޒްހަބަށް ނަސްރުދެއެވެ. އަދި އަނެއްބައި ފަހަރު (އަޝްޢަރީ) މަޒްހަބަށެވެ. ދެން ތިޔަ ގެނައި ދެ މީހުން ބަހައްޓާފައި، މި މަޒްހަބު އެ އިން ހައިސިއްޔަތުން ބަލާއިރު، އޭގެ އެއްބައި ސައްހަވެފައި، އޭގެ އަނެއްބައި ސައްހަވެގެން ނުވެއެވެ. އެހެނަސް ސިފަފުޅުތަކުގެ ބާބުގައި ސައްހަވެގެން ނުވެއެވެ. އެއީ ސިފަފުޅުތަކުގެ ތެރެއިން އެ މީހުން ސާބިތުކުރި ކަންތައްތަކަށް ދާންދެން ވެސް، އަހްލުއް ސުންނާ ވަލް ޖަމާޢަތާ އެއްގޮތަށް އެ މީހުން ސާބިތެއް ނުކުރެއެވެ. އަހްލުއް ސުންނާ ވަލް ޖަމާޢަތުގެ މަޒްހަބާ ޚިލާފަށް އޮންނަ ވާހަކަތަކާ މެދު އެ މީހުން ބުނި ބަސްތަކަށް ނިކަން ބަލާބަލާށެވެ. ސުވާލު ކުރާ މީހާ: އެހެނެސް އެ މީހުން އޭގެ މަތީ އުޅުނު މަންހަޖު، އޭ ޝައިޚެވެ. ޝައިޚު: އާއެކެވެ. ސުވާލު ކުރާ މީހާ: ސިފަފުޅުތަކުގެ މައްސަލަތަކުގައި އެ މީހުން ކަން ކުރި ގޮތް ބަހައްޓާފައެވެ. ޝައިޚު: އާއެކެވެ. ސުވާލު ކުރާ މީހާ: އެހެނަސް އެ މީހުންގެ މަންހަޖަކީ (ނައްސުތަކުގެ މައްޗަށް) ބުއްދި އިސްކުރުމެއް ނޫންހެއްޔެވެ؟ ޝައިޚު: އާއެކެވެ. ސުވާލު ކުރާ މީހާ: ސިފަފުޅުތަކުގައި ކަންކުރި ގޮތެއް ނޫނެއްނޫންހެއްޔެވެ؟ ޝައިޚު: ނޫނެކެވެ. ނޫނެކެވެ. އެހެނަސް ބުއްދި އިސްކުރީ ސިފަފުޅުތަކުގެ ބާބުގައެވެ.
قال محمد ناصر الدين الألباني في النووي وابن حجر العسقلاني: أنا أعرف أنهما من الأشاعرة.
މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ، ނަވަވީއާއި އިބްނު ޙަޖަރާ މެދު ވިދާޅުވިއެވެ: އެ ދެ މީހުން އަޝްޢަރީންގެ ތެރެއިން ވާކަން ތިމަން ދެނެހުރީމެވެ.
قال صالح العصيمي: ذكر الشيخ فهد بن حميِّن أنه كان يقرأ على الشيخ عبدالعزيز بن عبدالله بن باز رحمه الله على الجميع فقال: "قال الإمام النووي". فقال [أي الشيخ ابن باز]: قل "قال الحافظ النووي" أو نحوه، لأن النووي ليس إماماً من كلِّ وجه، فالإمام هو الذي يُقتدى به من كلِّ جهة، ولذلك الداعي يقول: اللهم اجعلنا للمتقين إماماً؛ يعني صالحاً للإقتداء من كلِّ جهة، اعتقادية أو قولية أو عملية، والنووي في باب الإعتقاد له مسائل خالف فيها طريقة أهل السنة والحديث، واضح الكلام، فيقال: قال الحافظ وأشباه ذلك.
ޞާލިޙު އަލްއުޞައިމީ ވިދާޅުވިއެވެ: ޝައިޚު ފަހްދު ބިން ޙުމައްޔިން ޒިކުރުކުރިއެވެ. އޭނާ ޝައިޚު ބިން ބާޒުގެ އަރިހުގައި ފޮތް ކިޔައިދެމުން ދަނިކޮށް، އޭނާ (މި ފަދައިން) ކިޔައިފިއެވެ: ”އިމާމު ނަވަވީ ވިދާޅުވިއެވެ.“ އެ ހިނދު ބިން ބާޒު ވިދާޅުވިއެވެ: ”އަލްޙާފިޡު ނަވަވީ ވިދާޅުވިއެވެ.“ މިހެން ނުވަތަ މި ފަދަ ގޮތަކަށް ބުނާށެވެ. އެހެނީ ނަވަވީއަކީ ހުރިހާ ގޮތަކުން އިމާމެއް ނޫނެވެ. ފަހެ އިމާމަކީ ހުރިހާ ގޮތަކުން ވެސް އޭނާއަށް ތަބާވެވޭ މީހާއެވެ. އެހެންކަމުން ދުއާކުރާ މީހާ ބުނަނީ (މި ފަދައިންނެވެ): ”އޭ ﷲއެވެ. އަޅަމެންނީ ތަގްވާވެރިންނަށް އިމާމުން ކަމުގައި ލައްވާށިއެވެ.“ އެބަހީ ހުރިހާ ގޮތަކުން ތަބާވުމަށް އެކަށީގެންވާ (މީހުން ކަމުގައި ލައްވާށިއެވެ.) އެއީ އަގީދާގެ ގޮތުންނާއި، ބަހުގެ ގޮތުންނާއި، އަމަލުގެ ގޮތުންނެވެ. އަދި ނަވަވީއަށް އަގީދާގެ ބާބުގައި، އަހްލުއް ސުންނާ ވަލްޙަދީޘުގެ މަގާ ޚިލާފުވެފައިވާ މައްސަލަތަކެއް ވެއެވެ. މި ވާހަކަ ސާފުހެއްޔެވެ. އެހެންކަމުން ”އަލްޙާފިޡު ވިދާޅުވިއެވެ.“ މިހެން އަދި މި ފަދަ ގޮތްގޮތަށް ބުނެވޭހުއްޓެވެ.
قال مقبل ابن هادي الوادعي: الأخ يقول هل بينت عقيدة النووي؟ أرجو أن يكون الأخ يعرف أنّ النّووي أشعري وهو شافعي ربّما يميل إلى المذهب الشافعي وهو محدّث نعم.
މުގްބިލު ބިން ހާދީ އަލްވާދިޢީ ވިދާޅުވިއެވެ: އަޚަކު މި އަހަނީ: ތިބާ ނަވަވީގެ އަގީދާ ބަޔާންކޮށް ދިނިންހެއްޔެވެ؟ ނަވަވީއަކީ އަޝްޢަރީއެއްކަން އަޚާ ދެނެގަތުމަށް އަހަރެން އެދެމެވެ. އަދި އޭނާއަކީ ޝާފިޢީއެކެވެ. ފަހަރެއްގައި ޝާފިޢީ މަޒްހަބާ ދިމާލަށް ގޮސްފާނެއެވެ. އަދި އޭނާއަކީ މުޙައްދިޘެކެވެ. އާއެކެވެ.
سئل عبد الرحمن البراك: أحسن الله إليكم، يقول السائل: هل يصح وصف النووي وابن حجر بأنهم أشاعرة في المعتقد؟ فقال: هذا هو الظاهر. نعم.
ޢަބްދުއްރަޙްމާން އަލްބައްރާކުއާ ސުވާލު ކުރެވުނެވެ: ﷲ ތިބާއަށް އިޙްސާންތެރި ވާށިއެވެ. ސުވާލު ކުރާ މީހާ އަހަނީ: ނަވަވީއާއި އިބްނު ޙަޖަރަކީ އަގީދާގައި އަޝްޢަރީންކަމަށް ސިފަކުރުން ސައްހަހެއްޔެވެ؟ ޝައިޚު ވިދާޅުވިއެވެ: ފާޅުވެގެންވާ ގޮތުގައި ކަން އޮތީ އެހެނެވެ. އާއެކެވެ.
وسئل أيضا: أحسن الله إليكم، يقول السائل: هل، هل النووي وقع في تأويل بعض الصفات؟ فقال: أي نعم.
އަދިވެސް އަލްބައްރާކުއާ ސުވާލު ކުރެވުނެވެ: ﷲ ތިބާއަށް އިޙްސާންތެރި ވާށިއެވެ. ސުވާލު ކުރާ މީހާ އަހަނީ: ބައެއް ސިފަފުޅުތައް ތައުވީލުކުރުމުގެ ތެރެއަށް ނަވަވީއަށް ވެއްޓުނުހެއްޔެވެ؟ ޝައިޚު ވިދާޅުވިއެވެ: އާއެކެވެ.
قال أحمد بن يحيى النجمي في نصيحته للشيخ العباد: قلتَ: (موقف أهل السنة من العالم إذا أخطأ أنه يُعذر؛ فلا يُبَدَّع، ولا يُهجر)، أتيتَ يا شيخ بتراجم لثلاثة من العلماء السابقين وهم البيهقي، والنووي، وابن حجر، وهؤلاء وقعوا في تأويل بعض الصفات، ولهم مؤلفات عظيمة ومفيدة. ولذلك رأى أهل السنة والجماعة أن الناس بحاجة إلى الاستفادة من كتبهم في غير ما وقعوا فيه من البدعة، فيحذر طلاب العلم من بدعهم، ويستفاد من كتبهم في غير المجال الذي أخطئوا فيه، أما القول بأنهم عذروا -أي: بأن أهل السنة عذروهم فيما تأولوه من الصفات، وحذروا من إطلاق البدعة عليهم- فلا فيما أعلم.
އަޙްމަދު ބިން ޔަޙްޔާ އައްނަޖްމީ، ޝައިޚު ޢައްބާދަށް ވިދާޅުވި ނަސޭހަތުގައި ވެއެވެ: ތިބާ ވިދާޅުވިއެވެ: ”އިލްމުވެރިޔަކަށް ކުށެއް ކުރެވިއްޖެ ނަމަ، އަހްލުއް ސުންނަތުގެ ގޮތަކީ، އެ އިލްމުވެރިޔާއަށް އުޒުރުދިނުމެވެ. އަދި އޭނާ ބިދުޢަވެރިއެއް ނުކުރާނެއެވެ. އަދި ހަޖުރުކޮށް ދޫކޮށެއްވެސް ނުލާނެއެވެ.“ އޭ ޝައިޚެވެ. ތިބާ ތިޔަ ގެންނެވީ އިސްވެދިޔަ ތިން އިލްމުވެރިއެއްގެ ވަނަވަރެވެ. އެ މީހުންނަކީ ބައިހަގީއާއި، ނަވަވީއާއި އިބްނު ހަޖަރެވެ. މި މީހުން ބައެއް ސިފަފުޅުތައް ތައުވީލު ކުރުމުގެ ތެރެއަށް ވެއްޓުނެވެ. އަދި އެ މީހުން ލިޔެފައިވާ ބޮޑެތި އަދި ފައިދާކުރަނިވި ފޮތްތައްވެސް ވެއެވެ. އެހެންކަމުން އަހްލުއް ސުންނާ ވަލް ޖަމާޢަތަށް ފެނުނީ، ބިދުޢައިގެ ތެރެއިން އެ މީހުން ވެއްޓިފައިވާ ކަންކަން ނޫން ކަންކަމުގައި، އެ މީހުންގެ ފޮތްތަކުން ފައިދާ ހޯދަން މީސްތަކުން ބޭނުން ޖެހޭކަމަށެވެ. އެ ގޮތުން އިލްމު އުނގެނޭ ދަރިވަރުންނަށް އެ މީހުންގެ ބިދުޢަތަކާމެދު އިންޒާރުދެވޭނެއެވެ. އަދި އެ މީހުންނަށް ގޯސް ހެދުނު ދާއިރާ ނޫން ކަންކަމުގައި އެ މީހުންގެ ފޮތްތަކުން ފައިދާ ހޯދިދާނެއެވެ. އެކަމަކު، އެ މީހުންނަށް އުޒުރުދެވުން ކަމަށް ބުނެވޭ ބަސް، އެބަހީ، ސިފަފުޅުތަކުގެ ތެރެއިން އެ މީހުން ތައުވީލު ކުރި ކަންކަމުގައި އަހްލުއް ސުންނާ އެ މީހުންނަށް އުޒުރުދިންކަމަށާއި، ބިދުޢަ އެ މީހުންގެ މައްޗަށް މުތުލަގުކޮށް ބުނުމާމެދު (އަހްލުއް ސުންނާ) އިންޒާރުދިންކަމަށް ބުނެވޭ ބަސް، ފަހެ އަހަރެން ދަންނަ ގޮތުގައި، އެފަދައިން ނުވެއެވެ.
قال عبد الباري فتح الله: كان النووي أشعري المعتقد، كثير التأويل لنصوص الكتاب والسنة عن ظواهرها. ولا يخفى هذا على من له أدنى إلمام بشرحه لصحيح الإِمام مسلم.
ޢަބްދުލް ބާރީ ފަތްޙު ﷲ ވިދާޅުވިއެވެ: ނަވަވީ ވީ އަގީދާގައި އަޝްޢަރީއަކަށެވެ. ގުރްއާނާއި ސުންނަތުގެ ނައްސުތައް، އޭގެ ބޭރުފުށު މާނައިން ވަރަށް ގިނައިން ތައުވީލު ކުރިއެވެ. އަދި އިމާމު މުސްލިމުގެ ސަހީހުގެ މައްޗަށް އޭނާ ލިޔުނު ޝަރަހަ ކިރިޔާވެސް ދަންނަ މީހަކަށް މި ކަން ފޮރުވިގެން ނުވެއެވެ.
قال عبد العزيز الراجحي: كثير من الفقهاء وغيرهم مذهبهم يتماشى مع مذهب الأشاعرة وقد يوافقهم بعض المحدثين في بعض كالحافظ ابن حجر فبعض الصفات أَوَّلَهَا على طريقة الأشاعرة الغضب والرضا والكلام وكذلك النووي في شرح صحيح مسلم يؤول الصفات على طريقة الأشاعرة.
ޢަބްދުލް ޢަޒީޒު އައްރާޖިހީ ވިދާޅުވިއެވެ: ފިގްހުވެރިންގެ ތެރެއިން ގިނަ ބަޔަކު، އަދި އެ ނޫން މީހުންވެސް، އެބައިމީހުންގެ މަޒްހަބު ދަނީ އަޝްޢަރީންގެ މަޒްހަބާ އެކުގައެވެ. އަދި އެބައިމީހުންނާ ބައެއް ކަންތައްތަކުގައި ބައެއް މުޙައްދިޘުންވެސް އެއްގޮތް ވެފައިވެއެވެ. ޙާފިޠު އިބްނު ޙަޖަރު ފަދައިންނެވެ. ފަހެ ބައެއް ސިފަފުޅުތައް އޭނާ ވަނީ އަޝްޢަރީންގެ މަގާ އެއްގޮތަށް ތައުވީލުކޮށްފައެވެ. (ﷲ) ކޯފާވެލެއްވުމާއި، ރުއްސެވުމާއި، ވާހަކަފުޅު ދެއްކެވުން (މި ސިފަފުޅުތައް ފަދައިންނެވެ.) އަދި ހަމައެފަދައިން ނަވަވީ ވެސް، ސަހީހު މުސްލިމުގެ ޝަރަހައިގައި އަޝްޢަރީންގެ މަގާ އެއްގޮތަށް ތައުވީލު ކުރެއެވެ.
قال أحمد بن عطية الغامدي في أقوال الأشاعرة في الإيمان: وممن قال بهذا الرأي من متكلمي الأشاعرة الآمدي في كتابه ((أبكار الأفكار)) وقد استحسن النووي من محدثي الأشاعرة هذا الرأي.
އަޙްމަދު ބިން ޢައްތިޔާ އަލްޣާމިދީ، އީމާންކަމާ ބެހޭ ގޮތުން އަޝްޢަރީން ބުނެފައިވާ ބަސްތަކާމެދު ވިދާޅުވިއެވެ: އަޝްޢަރީންގެ ޢިލްމުލް ކަލާމުގެ އަހުލުވެރިން ކުރެ މި ރައުޔު ދެކުނު މީހުންގެ ތެރޭގައި އަލްއާމިދީ ހިމެނެއެވެ. އެއީ އޭނާގެ ފޮތް އަބްކާރުލް އަފްކާރުގައެވެ. އަދި އަޝްޢަރީންގެ މުޙައްދިޘުންގެ ތެރެއިން ނަވަވީ ވަނީ މި ރައުޔު ރަނގަޅު ކަމަށް ދެކިފައިވެއެވެ.
قال بدر بن علي بن طامي العتيبي في النووي: هو على عقيدة متأخري الأشاعرة، ومع قلة كلامه في الاعتقاد إلا أنه دائما يحيل القول في الصفات إلى التفويض البدعي، أو التأويل، وهذا مطّرد في شرحه لصحيح مسلم، مع ما لديه من تأويل للكثير من الصفات في شرحه المذكور، وفي غيره من مصنفاته ك: رياض الصالحين، والأذكار، ونحوها.
ބަދުރު ބިން ޢަލީ އަލްޢުތައިބީ، ނަވަވީއާމެދު ވިދާޅުވިއެވެ: އޭނަ ވީ ފަހުގެ އަޝްޢަރީންގެ އަގީދާ މަތީގައެވެ. އަދި އަގީދާއާމެދު އޭނާ ދައްކާފައިވާ ވާހަކަ މަދުކަމާއެކުވެސް، އަބަދުވެސް ސިފަފުޅުތަކުގައި އޭނާ ބަސް އަނބުރާލަނީ ބިދުޢަވެރި ތަފްވީޟަށް ނުވަތަ ތައުވީލަށެވެ. އަދި އޭނާގެ ސަހީހު މުސްލިމު ޝަރަހައިގައި މި ކަން ސާބިތުވެ އާންމުވެގެންވެއެވެ. އޭނާގެ މި ނަންގަނެވުނު ޝަރަހައިގައި ސިފަފުޅުތައް އެހާ ގިނައިން ތައުވީލު ކުރުމާއެކުވެސް، އޭނާގެ އެ ނޫން ފޮތްތަކުގައި، އެ ގޮތުން ރިޔާޟުއްޞާލިހީނާއި، އަޛްކާރާއި، އެފަދަ އެހެނިހެން ފޮތްތަކުގައިވެސް (ކަން އޮތީ ހަމަ މިހެންނެނެވެ.)
وقال أيضا: الصحيح أن النووي أشعريٌ بأمرين اثنين: أحدهما: ما ثبت عنه في أشهر مؤلفاته من سلوك مسلك الأشاعرة، وتقرير عقائدهم، وانتسابه إلى مذهب المتكلمين. الثاني: نص العلماء من حزبه الأشاعرة ومن المخالفين له من أهل السنة كالذهبي وابن المبرد وجماعة على أنه من الأشاعرة. فمن قال من مشايخنا بأنه من أهل السنة بعد جلاء هذين البرهانين لم يُصب. ولم يثبت من وجهٍ صحيحٍ رجوعه عن الأشعرية، ورسالة الحرف والصوت لا تصح نسبتها إليه كما بينته في مقال مفرد. والأشاعرة من أهل البدع، وعليه فهو من أهل البدع لا من أهل السنة بما لديه من بدع معلومة... النووي عالمٌ بلا ريب، وحافظ بلا مدافعة، أما وصفه بـ"الإمامة" فلا تُطلق عليه الإمامة المطلقة لما هو عليه من بدعة، ولا يكون الأشعري للسني إماماً، ولكن إن قيدت الإمامة فلا بأس.
އަދިވެސް ބަދުރު އަލްޢުތައިބީ ވިދާޅުވިއެވެ: ސައްހަ ގޮތަކީ ނަވަވީއަކީ އަޝްޢަރީއެއް ކަމެވެ. ދެ ސަބަބަކާ ހުރެގެންނެވެ. އޭގެ ތެރެއިން އެއް ކަމަކީ: އޭނާގެ އެންމެ މަޝްހޫރު ފޮތްތަކުގައި އޭނާގެ ކިބައިން ސާބިތުވެފައިވާ ކަންކަމެވެ. އެއީ އަޝްޢަރީންގެ މަގުން ހިނގުމާއި، އެ މީހުންގެ އަގީދާތައް އިގުރާރުކުރުމާއި، ޢިލްމުލް ކަލާމުގެ އަހުލުވެރިންގެ މަޒްހަބަށް އޭނާ ނިސްބަތްވާ ވުމެވެ. ދެވަނަ ކަމަކީ: އޭނާގެ ފިރުގާ ކަމުގައިވާ އަޝްޢަރީންގެ އިލްމުވެރިންނާ، އަދި އަހްލުއް ސުންނަތުގެ ތެރެއިން އެ ފިރުގާއާ ޚިލާފުވާ އިލްމުވެރިން ވެސް، އެ ގޮތުން ޛަހަބީއާއި އިބްނުލް މިބްރަދުއާ އެ ނޫންވެސް ގިނަ މީހުން، (މި އެންމެން ވެސް) އޭނާ އަޝްޢަރީންގެ ތެރެއިންވާ ކަމަށް ނައްސުކޮށް ލިޔެފައި ވާތީއެވެ. ދެން ފަހެ މި ދެ ދަލީލު ފާޅުވުމަށް ފަހު، އަހަރެމެންގެ ޝައިޚުންގެ ތެރެއިން އޭނާއަކީ އަހްލުއް ސުންނާ ކަމަށް ބުނެފި މީހަކު، ރަނގަޅު ގޮތާ ދިމަލެއް ނުވެއެވެ. އަދި އޭނާ އަޝްޢަރިއްޔަތުން ރުޖޫއަވިކަމަށް ސައްހަ އެއްވެސް ގޮތަކުން ސާބިތުވެފައެއް ނުވެއެވެ. އަދި ޙަރްފާއި ޞައުތުގެ ރިސާލަތު އޭނާއަށް ނިސްބަތްކުރުން ވެސް ސައްހަވެގެން ނުވެއެވެ. އެއީ ވަކި ލިޔުމެއްގައި އަހަރެން އެ ކަން ބަޔާންކުރި ފަދައިންނެވެ... ޝައްކެއް ވެސް ނެތް ގޮތުގައި ނަވަވީއަކީ އިލްމުވެރިއެކެވެ. އަދި ދެކޮޅުހެދުމެއް ނެތި އޭނާއަކީ ޙާފިޡެކެވެ. ދެން އިމާމެއްކަމަށް އޭނާ ސިފަކުރުމަށް ބަލާއިރު، ފަހެ މުތުލަގު ގޮތުގައި އޭނާއަކަށް އިމާމެކޭ ނުކިޔޭނެއެވެ. އެއީ އޭނާ އޭގެ މަތީ ހުރި ބިދުޢައިގެ ކަންކަމުގެ ސަބަބުންނެވެ. އަދި އަޝްޢަރީއަކު ސުންނީއަކަށް އިމާމަކަށް ނުވެވޭނެއެވެ. ނަމަވެސް މުގައްޔަދު ގޮތުގައި އިމާމެކޭ ބުންޔަސް މައްސަލައެއް ނެތެވެ.
وسئل أيضا فقال الشيخ: تفضل حياكم الله. السائل: يا شيخ سألني أحد الإخوة، يقول هل صحيح أن البيهقي النووي وابن حجر الأسقلاني أنهم من العلماء الأشاعرة؟ الشيخ: نعم هم علماء وهم أشاعرة. هم علماء من علماء الإسلام، وأشاعرة في العقيدة، أصابوا فيما خدموا فيه الإسلام، وأخطأوا فيما وقعوا فيه من، من عقيدة الأشاعرة. السائل: ما نصيحتكم مسلمين الذين يقولون، أنتم من الغلاة الذين يبدعون العلماء؟ الشيخ: يبدعون العلماء؟ السائل: نعم هكذا يقولون، وهم يقولون هم ليسوا من الأشاعرة هم أخطأوا فقط. الشيخ: هم! هم! هم! هم! هم يقولون عن أنفسهم بأنهم الأشاعرة. هم يقولون عن أنفسهم بأنهم على مذهب الأشاعرة. هم الذين وصفوا أنفسهم بالعقيدة الأشاعرة، وأثبتها أهل السنة عليهم، ومؤلفاتهم تدل على ذلك.
އަދިވެސް ބަދުރު އަލްޢުތައިބީއާ ސުވާލުކުރެވުމުން ވިދާޅުވިއެވެ: ކުރިއަށް ގެންދާށެވެ. ﷲ ތިބާ ދިރިދަންމަވާށިއެވެ. ސުވާލު ކުރާ މީހާ: އޭ ޝައިޚެވެ. އަޚަކު އަހަރެންނާ ސުވާލު ކުރިއެވެ. އޭނާ ބުންޏެވެ: ބައިހަގީއާއި، ނަވަވީއާއި، އިބްނު ޙަޖަރު އަލްއަސްގަލާނީ، އެ މީހުން އަޝްޢަރީންގެ އިލްމުވެރިންގެ ތެރެއިންވާކަން ސައްހަހެއްޔެވެ؟ ޝައިޚު: އާއެކެވެ. އެ މީހުންނަކީ އިލްމުވެރިންނެވެ. އަދި އެ މީހުންނަކީ އަޝްޢަރީންނެވެ. އެ މީހުންނަކީ އިސްލާމް ދީނުގެ އިލްމުވެރިންގެ ތެރެއިން އިލްމުވެރިންތަކެކެވެ. އަދި އަގީދާގައި އަޝްޢަރީންނެވެ. އިސްލާމް ދީނަށް އެ ކުރި ޚިދުމަތެއްގައި އެ މީހުން ރަނގަޅު ގޮތާ ދިމާކުރިއެވެ. އަދި އަޝްޢަރީންގެ އަގީދާގައި އެ މީހުން ވެއްޓުނު ކަންކަމުގައި އެ މީހުންނަށް ގޯސް ހެދުނެވެ. ސުވާލު ކުރާ މީހާ: ތި މީހުންނަކީ އިލްމުވެރިން ބިދުޢަވެރިކުރާ ހައްދުފަހަނަ އެޅި މީހުންނޭ ބުނާ މުސްލިމުންނަށް ދޭނެ ނަސޭހަތަކީ ކޮބައިހެއްޔެވެ؟ ޝައިޚު: އިލްމުވެރިން ބިދުޢަވެރިކުރެއޭ؟ ސުވާލު ކުރާ މީހާ: އާއެކެވެ. އެބައިމީހުން ބުނަނީ އެހެނެވެ. އަދި އެބައިމީހުން ބުނެއެވެ: އެ މީހުންނަކީ އަޝްޢަރީންގެ ތެރެއިންވާ ބަޔެއް ނޫނެވެ. އެ މީހުންނަށް ހަމައެކަނި ކުށް ހެދުނީއެވެ. ޝައިޚު: އެ މީހުންނެވެ! އެ މީހުންނެވެ! އެ މީހުންނެވެ! އެ މީހުންނެވެ! އެ މީހުންގެ އަމިއްލަ ނަފްސުތަކުގެ މަތިން، ތިމަންމެންނީ އަޝްޢަރީންކަމަށް ބުނީ ހަމަ އެ މީހުންނެވެ. އެ މީހުންގެ އަމިއްލަ ނަފްސުތަކުގެ މަތިން، ތިމަންމެން ވަނީ އަޝްޢަރީ މަޒްހަބުގެ މަތީގައި ކަމަށް ބުނީ ހަމަ އެ މީހުންނެވެ. ޢަޝްޢަރީ އަގީދާއިން އެ މީހުންގެ އަމިއްލަ ނަފްސުތައް ސިފަ ކުރީ ހަމަ އެ މީހުން އަމިއްލައަށެވެ. އަދި އަހްލުއް ސުންނާ ވަނީ އެ މީހުންގެ މައްޗަށް އެ ކަން ސާބިތު ކޮށްފައެވެ. އަދި އެ މީހުންގެ ފޮތްތައް ވެސް އެ ކަމަށް ހެކިދެއެވެ.
قال شاكر توفيق العاروري: من خلال تتبعي لكلام النووي وجدت أنه أشعري على اصول طريقتهم ويغلب عليه ما يسمونه التأويل والتفويض عنده قليل.
ޝާކިރު ތައުފީގު އަލްޢާރޫރީ ވިދާޅުވިއެވެ: ނަވަވީގެ ބަސްތައް އަހަރެން ބެލިބެލުމުގެ ތެރޭގައި، އަހަރެންނަށް ފެނުން އެއްޗަކީ، އޭނާއަކީ އަޝްޢަރީއެއް ކަމެވެ. ހަމަ އެ މީހުންގެ މަގުގެ އަސާސުތަކުގެ މަތީގައެވެ. އަދި އޭނާގެ ކިބައިގައި ގިނަވެގެންވަނީ ތައުވީލު ކިޔޭ އެއްޗެވެ. އަދި އޭނާގެ ކިބައިގައި ތަފްވީޟު މަދެވެ.
قال ابن المبرد: وذكر المناسوحي الشافعي رحمه الله ورضي عنه أن أصحاب الشافعي المتقدمين منه على السنة المخضة، وأما متأخريهم فغالبهم على مذهب الأشعري، وأن منهم الغزالي وإمام الحرمين وأبو القاسم بن عساكر وابن عبد السلام وابن دقيق العيد والنووي.
އަދި އިބްނުލް މިބްރަދު ވިދާޅުވިއެވެ: އަދި އަލްމަނާސޫޙީ އައްޝާފިޢީ ރަޙިމަހު ﷲ ޒިކުރުކުރިއެވެ: ޝާފިޢީގެ ކުރީގެ އަސްހާބުން ތިބީ ސާފު ސުންނަތުގެ މަތީގައެވެ. ދެން އެބައިމީހުންގެ ފަހުން އައި މީހުން، ފަހެ އޭގެ ގިނަ މީހުންވީ އަޝްޢަރީ މަޒްހަބުގެ މަތީގައެވެ. އަދި އެބައިމީހުންގެ ތެރޭގައި ޣަޒާލީއާއި، އިމާމުލް ޙަރަމައިނާއި، އަބުލް ގާސިމް ބިން އަސާކިރާއި، އިބްނު ޢަބްދިއްސަލާމާއި، އިބްނު ދަގީގިލް ޢީދާއި، ނަވަވީ ހިމެނެއެވެ.
قال شمس الدين السخاوي الأشعري في النووي: وصرح اليافعي والتاج السبكي أنه أشعري. وقال الذهبي في تاريخه إن مذهبه في الصفات السمعية: السكوت، وإمرارها كما جاءت، وربما تأول قليلا في شرح مسلم. كذا قال! والتأويل كثير في كلامه.
ޝަމްސުއްދީން އައްސަޚާވީ އަލްއަޝްޢަރީ، ނަވަވީއާމެދު ބުންޏެވެ: އަދި ސަރީހަކޮށް އޭނާއަކީ އަޝްޢަރީއެއް ކަމަށް، ޔާފީޢީއާއި ސުބުކީ ބުންޏެވެ. އަދި ޛަހަބީ، އޭނާގެ ތާރީޚު ފޮތުގައި ބުންޏެވެ: ”ހަމަކަށަވަރުން ސަމްޢީ ސިފަފުޅުތަކާމެދު އޭނާގެ މަޒްހަބަކީ ހަނުހުރުމެވެ. އަދި އެ އައިސްފައިވާ ގޮތަށް ގެނައުމެވެ. އަދި ފަހަރެއްގައި ސަހީހު މުސްލިމުގެ ޝަރަހައިގައި ކުޑަކޮށް ތައުވީލުކޮށްފައި ހުރެދާނެއެވެ.“ ޛަހަބީ ބުނީ އެހެންނެވެ! އެހެނަސް ނަވަވީގެ ވާހަކަތަކުގައި ތައުވީލު ވަރަށް ވެސް ގިނައެވެ.
قال أبو الأشبال حسن الزهيري معلقا: والتأويل كثير في كلامه، أي: ليس قليلا وإنما هو كثير. ونقل السخاوي قبل ذلك عن بعض مترجميه أنه وصفه بأنه أشعري. هذا وصف صريح وصحيح بأنه أشعري. وقال السبكي في طبقات الشافعية الكبرى: شيخ الإسلام، أستاذ المتأخرين، وحجة الله على اللاحقين، والداعي إلى سبيل السالفين. فالذي يقرأ هذه المقولة يتصور أن النووي إنما كان يسلك مسلك السلف، ولكن هذا القول الذي قاله هو السبكي، والسبكي أشعري كذلك. فكل مذهب يعد نفسه أنه هو مذهب السلف، فالأشاعرة يقولون: نحن سلفيون، والماتريدية يقولون: نحن سلفيون. فكل يدّعي وصلاً بليلى وليلى لا تقر لهم بذاك فهذا كلام من السبكي إذا قاله في حق النووي، فإنما ينسبه إلى الأشعرية. وقال: وله الزهد والقناعة، ومتابعة السالفين من أهل السنة والجماعة. هكذا يقول عن الأشعريين أنهم أهل السنة والجماعة.
އަބުލް އަޝްބާލު ޙަސަން އައްޒުހައިރީ މިކަމާ ގުޅިގެން ވިދާޅުވިއެވެ: ”ނަމަވެސް ނަވަވީގެ ވާހަކަތަކުގައި ތައުވީލު ވަރަށް ވެސް ގިނައެވެ.“ އެބަހީ، މަދެއް ނޫނެވެ. އެ ގިނަވެގެންވާ ކަމުގައި މެނުވީ ނުވެއެވެ. އަދި އޭގެ ކުރިން، ސަޚާވީ ވަނީ ނަވަވީގެ ބައެއް މުތަރްޖިމުން، އޭނާއަކީ އަޝްޢަރީއެއް ކަމަށް ސިފަކުރި ކަމަށް، އެ މުތަރްޖިމުންގެ ފަރާތުން ނަގުލުކޮށްފައެވެ. މިއީ އޭނާއަކީ އަޝްޢަރީއެއް ކަމަށް ސަރީހަ، ސައްހަ ސިފަ ކުރުމެވެކެވެ. އަދި ޠަބަގާތުއް ޝާފިޢީއްޔަތިލް ކުބްރާ، މި ފޮތުގައި (ނަވަވީއާމެދު) ސުބުކީ ބުނެފައި ވެއެވެ: ”ޝައިޚުލް އިސްލާމެވެ. ފަހުގެ މީހުންގެ އުސްތާޒެވެ. އަދި އެއަށްފަހު އަންނާނެ މީހުންގެ މައްޗަށްވާ ﷲ ގެ ހުއްޖަތެވެ. އަދި ސަލަފުންގެ މަގަށް ގޮވާލާ ދާޢީއެވެ.“ ފަހެ މި ބަސްތައް ކިޔާލާ މީހަކަށް ހީވާނީ ނަވަވީ ހިނގައި އުޅުނީ ހަމަ ސަލަފުންގެ މަގުގައި ކަމަށެވެ. އެހެނަސް މި ބަސްތައް، އެ ބުނި މީހަކީ ސުބުކީއެވެ. އަދި ސުބުކީއަކީ ވެސް ހަމަ އަޝްޢަރީއެކެވެ. ފަހެ ކޮންމެ މަޒްހަބެއް ވެސް ދެކެނީ އެ ބަޔަކީ ސަލަފުންގެ މަޒްހަބު ކަމަށެވެ. އެ ގޮތުން އަޝްޢަރީން ބުނެއެވެ: ތިމަންމެންނަކީ ސަލަފީންނެވެ. އަދި މާތުރީދީން ވެސް ބުނެއެވެ: ތިމަންމެންނަކީ ސަލަފީންނެވެ. ފަހެ ކޮންމެ މީހަކުވެސް ލައިލާއާ ގުޅުމެއް އޮންނަ ކަމަށް ދައުވާ ކުރެއެވެ. ނަމަވެސް ލައިލާ އެ މީހުންނަކަށް އެ ކަމަށް އިގުރާރެއް ނުވެއެވެ. އެހެންކަމުން ސުބުކީގެ ފަރާތުން މިހިރަ ބަސްތައް ނަވަވީއާމެދު ބުނި ހިނދު، ފަހެ އޭނާ ނަވަވީ އެ ނިސްބަތް ކުރަނީ ހަމަ އަޝްޢަރީންނަށް ކަމުގައި މެނުވީ ނުވެއެވެ. އަދިވެސް އޭނާ ބުންޏެވެ: ”އަދި ޒުހުދުވެރިކަމާއި، ލިބޭ މިންވަރަށް ރުހުމާއި، އަހްލުއް ސުންނާ ވަލް ޖަމާޢަތުގެ ސަލަފުންނަށް ތަބާވުން (މި ސިފަތައް) ނަވަވީއަށް ލިވިގެންވިއެވެ.“ އަޝްޢަރީންނާމެދު އޭނާ ބުނަނީ މިފަދައިންނެވެ. އެބައިމީހުންނަކީ އަހްލުއް ސުންނާ ވަލް ޖަމާޢަތް ކަމެވެ.
قال تاج الدين السبكي الأشعري: وقد وصل حال بعض المجسمة [أهل السنة والجماعة] في زماننا إلى أن كتب شرح صحيح مسلم للشيخ محيي الدين النووي وحذف من كلام النووي ما تكلم به على أحاديث الصفات فإن النووي أشعري العقيدة فلم تحمل قوى هذا الكاتب أن يكتب الكتاب على الوضع الذي صنفه مصنفه وهذا عندي من كبائر الذنوب فإنه تحريف للشريعة وفتح باب لا يؤمن معه بكتب الناس وما في أيديهم من المصنفات فقبح الله فاعله وأخزاه وقد كان في غنية عن كتابة هذا الشرح وكان الشرح في غنية عنه.
ތާޖުއްދީން އައްސުބުކީ އަލްއަޝްޢަރީ ބުންޏެވެ: އަދި އަހަރުމެންގެ ޒަމާނުގައި ބައެއް މުޖައްސިމުން (އެ ގަސްދުކުރަނީ: ﷲ ގެ ސިފަފުޅުތައް ސާބިތުކުރާ މީހުން) ގެ ހާލު ގޮސްފައިވާ ހިސާބަކީ، ޝައިޚު މުޙްޔިއްދީން އައްނަވަވީގެ ސަހީހު މުސްލިމުގެ ޝަރަހަ އެ މީހުން ލިޔެ (ނަކަލު ކުރުމުގައި)، ސިފަފުޅުތަކުގެ ޙަދީޘްތަކާމެދު ނަވަވީ ބުނި ވާހަކަތައް އެ މީހުން ފޮހެލައިފައިވާ ކަމެވެ. އެހެނީ ހަމަކަށަވަރުން ނަވަވީއަކީ އަގީދާގައި އަޝްޢަރީއެވެ. ފަހެ ފޮތުގެ މުސައްނިފު ލިޔުނު ގޮތަށް އެ ފޮތް ލިޔާކަށް މިހިރަ ނަކަލުކުރާ މީހުންނަކަށް ނުކެރުނެވެ. މިއީ އަހަރެންގެ ގާތުގައި ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަމެކެވެ. އެހެނީ ހަމަކަށަވަރުން އެއީ ޝަރީއަތް އޮޅުވާލުމެވެ. އަދި އެއީ މީސްތަކުންގެ ފޮތްތަކާއި، އެ މީހުންގެ އަތުގައިވާ މަސައްކަތްތަކަށް އަމާނާތްތެރި ނުވުމުގެ ދޮރެއް ހުޅުވުމެވެ. އެ ކަންކުރި މީހާގެ ސޫރަ ހުތުރުކުރައްވާށިއެވެ. އަދި އެ މީހަކު ނިކަމެތިކުރައްވާށިއެވެ. އަދި ހަމަކަށަވަރުން އޭނާ ވަނީ މި ޝަރަހަ ލިޔުމަކަށް ބޭނުމެއް ނުވެ ފުދިގެންނެވެ. އަދި އެ ޝަރަހަ ވެސް ވަނީ އޭނާއަށް ބޭނުމެއް ނުޖެހި ފުދިގެންނެވެ.
قال تاج الدين السبكي الأشعري في حاشية تاريخ الإسلام لشمس الدين الذهبي: والنووي رجل أشعري العقيدة معروف بذلك، يبدع من خالفه ويبالغ في التغليظ عليه.
އައްސުބުކީ އަލްއަޝްޢަރީ ވިދާޅުވިއެވެ: އަދި ނަވަވީއަކީ އަޝްޢަރީ އަގީދާގެ މީހެކެވެ. އޭނާ އެ ކަމުން އެނގި މައުރޫފުވެގެން ވެއެވެ. އޭނާއާ ޚިލާފުވާ މީހަކު އޭނާ ބިދުޢަވެރި ކުރެއެވެ. އަދި އެ މީހެއްގެ މައްޗަށް ހަރުކަށިވުމުގައި ފަހަނަޅައިދެއެވެ.
قال عبد الكريم الخضير: النووي أشعري ويقرر عقيدة الأشاعرة في شرح مسلم بكل ما تتطلبه من أبواب العقيدة.
ޢަބްދުލް ކަރީމް އަލްޚުޟައިރު ވިދާޅުވިއެވެ: ނަވަވީއަކީ އަޝްޢަރީއެކެވެ. އަދި ސަހީހު މުސްލިމުގެ ޝަރަހައިގައި، އަގީދާގެ ބާބުތަކުގައި ތިބާ ހޯދާ ކޮންމެ ކަމެއްގައި، އަޝްޢަރީންގެ އަގީދާ އޭނާ އިގުރާރުކުރެއެވެ.
وقال أيضا: النووي أشعري بكل ما تحويه هذه الكلمة في جميع أبواب العقيدة.
އަދިވެސް އަލްޚުޟައިރު ވިދާޅުވިއެވެ: ނަވަވީއަކީ އަޝްޢަރީއެކެވެ. އެއީ (އަޝްޢަރީއެކޭ) މި ބުނާ ބަހުގައި އެކުލެވޭ ކޮންމެ ކަމަކައިގެން، އަގީދާގެ ހުރިހާ ބާބުތަކެއްގައެވެ.
وقال أيضا: النووي أشعري، ومن هذه الحيثية ليس من أهل السنة.
އަދިވެސް އަލްޚުޟައިރު ވިދާޅުވިއެވެ: ނަވަވީއަކީ އަޝްޢަރީއެކެވެ. އަދި މި ހައިސިއްޔަތުން އޭނާ އަހްލުއް ސުންނަތުގެ ތެރެއިން ނުވެއެވެ.
وقال أيضا في شرح النووي: على ما في الكتاب من أخطاء عقدية لا بد من التنبه لهذا، [شمس الدين] الكرماني أيضاً مثل النووي في أخطاءه كلهم أشاعرة.
އަދިވެސް އަލްޚުޟައިރު، ނަވަވީގެ (ސަހީހު މުސްލުގެ) ޝަރަހައާމެދު ވިދާޅުވިއެވެ: އެ ފޮތުގައި އަގީދާގެ ގޯސްތައް ހުރުމާއެކު، މިއަށް ކޮންމެހެން ވެސް ސަމާލުކަން ދޭން ޖެހެއެވެ. (ޝަމްސުއްދީން) އަލްކިރްމާނީ ވެސް އޭނާ ހެދި ގޯސްތަކުގައި ހަމަ ނަވަވީއާ އެއްފަދައެވެ. އެ އެންމެންނަކީ އަޝްޢަރީންނެވެ.
وسئل أيضا: هل نقول لمن شابه المبتدعة بوصف معين هل نطلق عليه أنه مبتدع أو نقول: فيه من المبتدعة؛ لأنني سمعت من يطلق هذا اللفظ على بعض أهل العلم الذين قد شابهوا المبتدعة في قول من أقوالهم مثلاً النووي والكرماني كلاهما أشعريان؟ فقال: نعم النووي والكرماني أشعريان، هؤلاء بدون تردد، لكن لو كانت الموافقة في بعض المذهب لا في جميعه، النووي والكرماني يوافقون الأشعرية في كل شيء، لكن لو كانت الموافقة في بعض المسائل دون بعض لقيل فيه أشعرية أو فيه تمشعر، أو ما أشبه ذلك، كما يقال: فيه جاهلية وفيه اعتزال، وفيه شرك أحياناً.
އަދިވެސް އަލްޚުޟައިރު އާ ސުވާލު ކުރެވުނެވެ: އަހަރުމެންނަށް ބުނެވިދާނެ ހެއްޔެވެ؟ ވަކި ސިފައަކުން ބިދުޢަވެރިންނާ އެއްގޮތްވެއްޖެ މީހަކަށް، އޭނާގެ މައްޗަށް އެއީ ބިދުޢަވެރިއެއް ކަމަށް އަހަރުމެންނަށް މުތުލަގުކޮށް ކީދާނެހެއްޔެވެ؟ ނުވަތަ އަހަރުމެން ބުނަންވީ، އޭނާގެ ކިބައިގައި ބިދުޢަވެރިންގެ ކަމެއް ވޭހެއްޔެވެ؟ އެހެނީ ހަމަކަށަވަރުން ބައެއް އިލްމުވެރިންގެ މައްޗަށް މި ބަސް މުތުލަގުކޮށް ބުނާ ބަޔަކު އަހަރެން އަޑުއެހީމެވެ. އެ އިލްމުވެރިންނަކީ، ހަމަކަށަވަރުން ބިދުޢަވެރިންގެ ބަސްތަކުގެ ތެރެއިން ބަހެއްގައި އެ ބިދުޢަވެރިންނާ އެއްގޮތްވެފައިވާ އިލްމުވެރިންނެވެ. މިސާލަކަށް ނަވަވީއާއި ކިރްމާނީ، އެ ދެ މީހުންނަކީ ވެސް ދެ އަޝްޢަރީންހެއްޔެވެ؟ ދެން އަލްޚުޟައިރު ވިދާޅުވިއެވެ: އާއެކެވެ. ނަވަވީއާއި ކިރްމާނީއަކީ ދެ އަޝްޢަރީންނެވެ. މި މީހުންނާމެމެދު (އެހެން ބުނުމުގައި) އެއްވެސް ފަސްޖެހުމެއް ނެތެވެ. އެހެނެއްކަމަކު (ބިދުޢަވެރިންނާ) އެއްގޮތްވުން ވަނީ މަޒްހަބުގެ ބައެއް ކަންކަމުގައި ކަމަށްވާ ނަމަ، މުޅި މަޒްހަބުގައި ނޫން ނަމަ - (އެކަމަކު) ނަވަވީއާއި ކިރްމާނީ އަޝްޢަރީންނާ ކޮންމެ ކަމެއްގައި އެއްގޮތް ވެއެވެ. - އެހެނަސް އެއްގޮތްވުން ވަނީ އެއްބައި މައްސަލަތައް ބަހައްޓާފައި އަނެއްބައި މައްސަލަތަކުގައި ކަމަށް ވާނަމަ، ހަމަކަށަވަރުން ބުނެވުނީހޭ އޭނާގެ ކިބައިގައި އަޝްޢަރިއްޔަތު ވެޔޭ، ނުވަތަ އޭނާގެ ކިބައިގައި އަޝްޢަރީވަންތަކަމެއް ހުރެޔޭ، ނުވަތަ އެފަދަ އެހެން އެއްޗެއްވެސް ބުނެވުނީހެވެ. އެއީ މިހެން ބުނާ ފަދައިންނެވެ: އެ މީހެއްގެ ކިބައިގައި ޖާހިލިއްޔަތު ވެޔޭ، ނުވަތަ އޭނާގެ ކިބައިގައި އިޢުތިޒާލު ވެޔޭ، ނުވަތަ ބައެއް ފަހަރު އޭނާގެ ކިބައިގައި ޝިރްކު ވެއެވެ.
قال حماد بن محمد الأنصاري: إن النووي أشعري والسبب في هذا أنه لم يشتغل بكتب السلف في العقيدة كما اشتغل في فقه الفروع.
ޙައްމާދު ބިން މުޙައްމަދު އަލްއަންޞާރީ ވިދާޅުވިއެވެ: ހަމަކަށަވަރުން ނަވަވީއަކީ އަޝްޢަރީއެކެވެ. އަދި މިހެންވި ސަބަބަކީ، ފިގްހުގެ ފަރުޢީ ކަންކަމުގައި އޭނާ މަޝްޣޫލުވެ އުޅުނު ފަދައިން، އަގީދާގައި ސަލަފުންގެ ފޮތްތަކައިގެން އޭނާ މަޝްޣޫލުވެ ނޫޅުމެވެ.
وقال أيضا: إن محمد قطب أشعري، والنووي أشعري والقاضي عياض أشعري.
އަދިވެސް ޙައްމާދު އަލްއަންޞާރީ ވިދާޅުވިއެވެ: ހަމަކަށަވަރުން މުޙައްމަދު ގުޠުބަކީ އަޝްޢަރީއެކެވެ. އަދި ނަވަވީއަކީ އަޝްޢަރީއެކެވެ. އަދި ޤާޟީ ޢިޔާޟަކީ އަޝްޢަރީއެކެވެ.
وقال أيضا: قولنا فلان أشعري معناه مبتدع.
އަދިވެސް ޙައްމާދު އަލްއަންޞާރީ ވިދާޅުވިއެވެ: މިވެނި މީހަކީ އަޝްޢަރީއެކޭ އަހަރުމެން ބުނީމާ، އޭގެ މާނައަކީ ބިދުޢަވެރިއެކެވެ.
قال حمد بن عتيق: قد أكثر شارح مسلم من ذكر التَّأويل في أحاديث الصِّفات، وهو مَوْروث عن الجَهْم بن صفوان، ومن أخذ عنه، وهي طريقة وَخيمة، قد بيّن بطلانَها أكابرُ أئمة السُّنّة، وردُّوها عليهم وبيَّنوا أنه يجب الإيمان بما جاء عن رسول الله ﷺ في أسماء الربّ تعالى وصفاته من غير تحريف، ولا تعطيل، ومن غير تكييف ولا تمثيل.
ޙަމަދު ބިން ޢަތީގު ވިދާޅުވިއެވެ: ހަމަކަށަބަރުން ސަހީހު މުސްލިމު ޝަރަހަ ކުރި މީހާ ވަނީ ސިފަފުޅުތަކުގެ ޙަދީޘްތަކުގައި ތައުވީލު ޒިކުރު ކުރުން ވަރަށް ވެސް ގިނަކޮށްފައެވެ. އަދި އެ ވާރުތަވެފައި ވަނީ ޖަހްމު ބިން ޞަފްވާނުގެ ފަރާތުންނާއި، އޭނާގެ ކިބައިން ނެގި މީހުންގެ ފަރާތުންނެވެ. އަދި އެއީ ނުބައިވެގެންވާ ގެއްލުންހުރި މަގެކެވެ. ހަމަކަށަވަރުން ސުންނަތުގެ ބޮޑެތި އިމާމުން ވަނީ އޭގެ ބާތިލުކަން ބަޔާން ކޮށްދެއްވާފައެވެ. އަދި އެ ވެރިންގެ މައްޗަށް އެ އިމާމުން އެ ރައްދު ކުރިއެވެ. އަދި ރައްބު ތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތަކާމެދު، ރަސޫލު ﷲ ﷺ ގެ އަރިހުން އައިސްފައިވާ ކަންކަމަށް އީމާންވުމަކީ ވާޖިބެއްކަން އެ އިމާމުން ބަޔާން ކުރިއެވެ. އެއީ ބަދަލު ކުރުމާއި، ނަފީ ކުރުމާއި، ގޮތް އެހުމާއި، ވައްތަރު ކުރުމާ ނުލައެވެ.
قال الدكتور ابن هادي محمد عمير: فنحن نقول أشعري، النووي عنده أشعرية.
ދަކްތޫރު އިބްނު ހާދީ މުޙައްމަދު ޢުމައިރު ވިދާޅުވިއެވެ: ފަހެ އަހަރެމެން ބުނަނީ އަޝްޢަރީއެކެވެ. ނަވަވީ، އޭނާގެ ކިބައިގައި އަޝްޢަރިއްޔަތު ވެއެވެ.
قال الدكتور أبو أنس بن هادي: أما الغلط: فوصفه لابن حجر والنووي بالسلف وهذا غير صحيح.
ދަކްތޫރު އަބޫ އަނަސް އިބްނު ހާދީ ވިދާޅުވިއެވެ: ފަހެ ކުށަކީ، އިބްނު ޙަޖަރާއި ނަވަވީ ސަލަފުންނާ ވައްތަރު ކުރުމެވެ. މި ސައްހަވެގެން ނުވެއެވެ.
وقال أيضا في ابن حجر: هو أخف بكثير من النووي. أما النووي فأشعري غضب من غضب ورضي من رضي، فالله ورسوله أحق أن يرضوه إن كانوا مؤمنين.
އަދިވެސް ދަކްތޫރު އަބޫ އަނަސް އިބްނު ހާދީ، އިބްނު ޙަޖަރާމެދު ވިދާޅުވިއެވެ: ނަވަވީއަށް ވުރެ ވަރަށް ބޮޑުތަން އިބްނު ޙަޖަރު ލުއިވެގެންވެއެވެ. ދެން ނަވަވީއަށް ބަލާއިރު، ފަހެ އޭނާއަކީ އަޝްޢަރީއެކެވެ. ރުޅި އައި މީހަކު ރިޅިއަޔަސް، އަދި ރުހޭ މީހަކު ރުހުނަސް ހެވެވެ. ފަހެ މުއުމިނުން ކަމުގައިވާ ނަމަ، ﷲ އާއި އެ އިލާހުގެ ރަސޫލާ ރުއްސެވުން މާ ހައްގުވެގެން ވެއެވެ.
وقال أيضا: تبغاني يعني نقول النووي ما عنده أغلاط، ونقول لك سلفي؟، كَذَّاب الذي يقول لك النووي سلفي، والله كَذَّاب حتى يموت كائنًا من كان، أشعري جلد، من أول كتابه في مسلم، إلى آخره، وشرحه موجود.
އަދިވެސް ދަކްތޫރު އަބޫ އަނަސް އިބްނު ހާދީ ވިދާޅުވިއެވެ: ތިބާ ބޭނުންވަނީ އަހަރުމެން ބުނުމަށް ހެއްޔެވެ: ނަވަވީ، އޭނާގެ ކިބައިގައި ކުށެއް ނެތެވެ. އަދި އަހަރެމެން ތިބާއަށް ބުނަންވީހެއްޔެވެ: (އޭނާއަކީ) ސަލަފީއެކެވެ؟ ނަވަވީއަކީ ސަލަފީއެކޭ ތިބާއަށް ބުނާ މީހަކީ ބޮޑު ދޮގުވެރިއެކެވެ. ﷲ ގަންދީ ބުނަމެވެ. އޭނާ މަރުވަންދެން އޭނާއަކީ ބޮޑު ދޮގުވެރިއެކެވެ. އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސްމެއެވެ. (ނަވަވީއަކީ) ކައްޓަރު އަޝްޢަރީއެކެވެ. (ސަހީހު) މުސްލިމުގެ މައްޗަށް އޭނާ ލިޔުނު ފޮތް ފެށުނީއްސުރެ ނިމެންދެނެވެ. އަދި އޭނާގެ ޝަރަހަ ވުޖޫދުގައި އެބަހުއްޓެވެ.
قال عبدالاله عبدالرحمن العمير: الذي يقرأ شرح النووي لمسلم لا يجادل في أشعريته.
ޢަބްދުލް އިލާހު ޢަބްދުއްރަޙްމާން އަލްޢުމައިރު ޒިކުރުކުރިއެވެ: (ސަހީހު) މުސްލިމުގެ މައްޗަށް ނަވަވީ ލިޔުނު ޝަރަހަ ކިޔައިފި މީހަކު، އޭނާގެ އަޝްޢަރިއްޔަތާމެދު ޖަދަލެއް ނުކުރާނެއެވެ.
قال ياسر برهامي: العلماء الذي نسب إليهم أقوال نجزم أنها بدعة، مثل النووي الذي يقول في بعض الصفات بالتأويل... الغزالي والنووي قالوا في الحقيقة ببعض قول جهم... العلماء الذين قالوا ببعض البدع، أو بالأقوال الباطلة التي عددناها ضمن الخلاف غير السائغ نقول: لا شك أن أهل العلم وطلابه عند مطالعتهم لكثير من كتب بعض العلماء المتقدمين وفتاويهم يصطدمون بأقوال من التي سبق عدها في الخلاف غير السائغ، سواء كان ذلك في مسألة الاعتقاد، كمسألة التأويل في الأسماء والصفات، فإنه يقول بها خلائق من أهل العلم المنتسبين للأئمة الأربعة من المذاهب الفقهية، وللأشعري في كثير من المسائل الاعتقادية كالنووي.
ޔާސިރު ބުރްހާމީ ވިދާޅުވީ: އެ ބަސްތަކަކީ ބިދުޢަކަމަށް އަހަރުމެން ޔަގީންކޮށް ކަށަވަރުކުރާ ބަސްތައް ނިސްބަތް ކުރެވޭ އިލްމުވެރިން، މިސާލަކަށް ނަވަވީއެވެ. ބައެއް ސިފަތަކާމެދު އޭނާ ތައުވީލުގެ ބަސް ބުނެފައިވެއެވެ.... ޣަޒާލީއާއި ނަވަވީ ހަގީގަތުގައި ބުނެފައިވަނީ ޖަހްމުގެ ބައެއް ބަސްތަކެވެ... ބައެއް ބިދުޢަތަކަށް ބަސް ބުނި އިލްމުވެރިން، ނުވަތަ ބާތިލު ބަސްތައް ބުނި އިލްމުވެރިން - އެ ބަސްތައް ހިމެނެނީ ހުއްދަ ނޫން ޚިލާފުވުންތަކުގެ ތެރޭގައި ކަމަށް އަހަރުމެން ބަލަމެވެ - (އެ މީހުންނާ މެދު) އަހަރެމެން ބުނަނީ: އެއްވެސް ޝައްކެއް ނެތް ގޮތުގައި، އިލްމުގެ އަހުލުވެރިންނާއި އޭގެ ދަރިވަރުން، އިސްވެދިޔަ ބައެއް އިލްމުވެރިންގެ ވަރަށް ގިނަ ފޮތްތަކާއި ފަތުވާތައް ކިޔާއިރު، ކުރިންވެސް ހުއްދަ ނޫން ޚިލާފުވުންތަކުގެ ތެރޭގައި ހިމެނޭކަމަށް މި ބަލާ ބަސްތަކާ ކުރިމަތިލައެވެ. އަގީދާގެ މައްސަލަތަކުގައި ވެސް ހަމަ އެހެނެވެ. އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި ތައުވީލު ކުރުމުގެ މައްސަލަ ފަދައިންނެވެ. އެހެނީ ހަމަކަށަވަރުން އިލްމުވެރިންގެ ތެރެއިން ވަރަށް ގިނަ މީހުން އެ (ބިދުޢައިގެ) ބަސްތައް ބުނެއެވެ. އެ މީހުންނަކީ ފިގްހީ މަޒްހަބުތަކުގެ ތެރެއިން ހަތަރު އިމާމުންނަށް ނިސްބަތްވާ މީހުންނެވެ. އަދި އަގީދާގެ މައްސަލަތަކުގެ ތެރެއިން ވަރަށް ގިނަ ކަންކަމުގައި އަޝްޢަރީއަށް ވެސް އެ މީހުން ނިސްބަތްވެއެވެ. ނަވަވީ ފަދައިންނެވެ.
قال علي بن مختار الرملي: ثم المسألة الأخيرة والتي يتعلق بها المميعة كثيرا؛ مسألة تبديع النووي وابن حجر وابن حزم... انظر كيف صارت الأمور، ونحن لا إفراط ولا تفريط، ودائماً العدل هو المطلوب في شرع الله، والتوسط، قلنا لهم: نتحاكم إلى منهج السلف - رضي الله عنهم في مثل هذا. ابن حجر والنووي وابن حزم ومن شابههم هل كانوا على عقيدة أهل السنة والجماعة؟ لا، وبارك الله فيكم العلم قاضٍ، ما نستطيع نحن أن نتكلم بشيء من عندنا؛ العلم هو الذي يفصل في هذه القضايا النووي أشعري؛ أشعريته أظهر من عين الشمس، ابن حجر أشعري متخبط في العقيدة، ابن حزم قال فيه أهل العلم: جهمي وهكذا غيرهم طيب هل نأخذ عنهم العلم؟ أم نحرق كتبهم؟ نقول لك؛ اسمع نذكر لكم القصة الأساسية أولاً في أخذ العلم عن أهل البدع إذا ترتب على تركهم مفسدة، لماذا أجاز أهل الحديث أخذ الحديث عن أهل البدع ورواية الحديث عنهم... في كتب النووي وابن حجر وابن حزم وأمثالهم كالبيهقي؛ تجد في كتبهم من العلم ما لا تجده في غيرها؛ فلا يمكننا تركها والأمر بحرقها يؤدي إلى مفسدة وليست سهلة، مفسدة كبيرة؛ ضياع الكثير من العلم الموجود فيها، عند البيهقي وعند ابن حزم من الأحاديث والآثار ما لا تجده في غيرها من الكتب، وفي كتب النووي وابن حجر وابن حزم من النقولات ما لا تجده في غيرها من الكتب. ومع هذا، لا ننصح طالب العلم المبتدئ ولا المتوسط حتى أن يقرأ في هذه الكتب؛ حتى يتمكن من العلم الشرعي وخصوصاً العقيدة حتى يستطيع أن يميز بين الحق والباطل فيها؛ فينتقي الصواب الموافق لمنهج السلف ويترك المخالف؛ وهذا يفعله أهل العلم؛ فيميزون لك الغث من السمين ويعطونك الصافي من كلامهم، لست أنت المبتدئ ولا المتوسط.
ޢަލީ ބިން މުޚްތާރު އައްރަމްލީ ވިދާޅުވިއެވެ: ދެން އެންމެ ފަހު މައްސަލަ، އަދި އެއީ މުމައްޔިޢައިންނާ (އެބަހީ: ދީނުގެ އަސާސުތަކާއި ދޫނުދެވޭނެ ކަންކަމުގައި ފަސޭހަކޮށްލައިގެން ފެންއަޅާ ގަޑުބަޑުކުރާ މީހުންނާ) ވަރަށް ގިނައިން ހިފާ މައްސަލައެކެވެ؛ ނަވަވީއާއި އިބްނު ހަޖަރު، އަދި އިބްނު ޙަޒްމު ބިދުޢަވެރިކުރުމުގެ މައްސަލައެވެ... ކަންތައް ދިޔަ ގޮތް ނިކަން ބަލާބަލާށެވެ. އަދި އަހަރުމެން ހައްދުފަހަނަޅައި އަދި އިހުމާލުވެ ފަރުވާކުޑަވެސް ނުކުރާނަމެވެ. އަބަދުވެސް ﷲ ގެ ޝަރުއުގައި އެދެވިގެންވަނީ އަދުލާއި މެދުމިނެވެ. އަހަރުމެން އެބައިމީހުންނަށް ބުނަމެވެ: މިފަދަ ކަންކަމުގައި އަހަރުމެން ހުކުމްކުރާނީ ސަލަފުންގެ މަންހަޖަށެވެ. ﷲ އެ ބޭކަލުންނަށް ރުއްސުން ލައްވާށިއެވެ. އިބްނު ހަޖަރާއި، ނަވާވީއާއި، އިބްނު ޙަޒްމު އަދި އެ މީހުންނާ އެއްފަދަ މީހުން، އެ މީހުން ތިބީ އަހްލުއް ސުންނާ ވަލް ޖަމާޢަތުގެ އަގީދާ މަތީގައިހެއްޔެވެ؟ ނޫނެކެވެ. އަދި ﷲ ތިޔަބައިމީހުންނަށް ބަރަކާތް ލައްވާށިއެވެ. ހުކުމްކޮށް ނިޔާކުރާނީ އިލްމެވެ. އަހަރުމެންގެ އަމިއްލަ އެއްވެސް އެއްޗަކުން އަހަރުމެންނަކަށް ވާހަކަދައްކައި ނެހެދޭނެއެވެ. މި މައްސަލައިގައި ފައިސަލާކޮށް ގޮތް ނިންމާނެ އެއްޗަކީ އިލްމެވެ. ނަވާވީއަކީ އަޝްޢަރީއެކެވެ. ސީދާ އިރަށްވުރެ އޭނާގެ އަޝްޢަރިއްޔަތުކަން ފާޅުކަން ބޮޑެވެ. އިބްނު ހަޖަރަކީ އަޝްޢަރީއެކެވެ. އަގީދާގައި އޭނާ އޮޅުންބޮޅުންވެފައި ވެއެވެ. އިބްނު ޙަޒްމު، އޭނާއާ ބެހޭ ގޮތުން އިލްމުވެރިން ވިދާޅުވެފައިވަނީ ޖަހްމީއެކެވެ. އަދި އެ ނޫން މީހުންވެސް އެފަދައިންނެވެ. އެންމެ ރަނގަޅެވެ. އަހަރުމެން އެ މީހުންގެ ކިބައިން އިލްމު ނަގާނީހެއްޔެވެ؟ ނޫނީ އަހަރުމެން އެ މީހުންގެ ފޮތްތައް އަނދާލާނީހެއްޔެވެ؟ އަހަރުމެން ތިބާއަށް ބުނަމެވެ. އަޑުއަހާށެވެ. ފުރަތަމަ އަހަރުމެން ތި މީހުންނަށް އަސާސީ ވާހަކަ ކިޔައިދޭނަމެވެ. އެއީ ބިދުޢައިގެ އަހުލުވެރިންގެ ކިބައިން އިލްމު ނެގުމުގައި، އެ މީހުން ދޫކުރުމުގެ މައްޗަށް މަފްސަދާއެއް އަންނަ ހިނދު (ކަންތައް ކުރާނެ ގޮތެވެ.) ބިދުޢައިގެ އަހުލުވެރިންގެ ކިބައިން ޙަދީޘް ނެގުމާއި، އެ މީހުންގެ ކިބައިން ޙަދީޘް ރިވާކުރުން، ޙަދީޘްގެ އަހުލުވެރިން ހުއްދަކުރީ ކީއްވެހެއްޔެވެ؟... ނަވާވީއާއި، އިބްނު ހަޖަރާއި، އިބްނު ޙަޒްމުގެ ފޮތްތަކުގައި، އަދި ބައިހަގީ ކަހަލަ އެފަދަ މީހުންވެސް، އެ މީހުންގެ ފޮތްތަކުން، އެ ނޫން ތަންތާ ނުފެންނަ އިލްމު، އެ މީހުންގެ ފޮތްތަކުން ފެނެއެވެ. އެހެންކަމުން އަހަރުމެންނަށް އެ ފޮތްތައް ދޫކޮށެއް ނުލެވޭނެއެވެ. އަދި އެ ފޮތްތައް އަންދާލަން އަމުރު ކުރުންވެސް މަފްސަދާއަކަށް ގެންދާނެއެވެ. އަދި އެއީ ފަސޭހަ ކަމެއް ނޫނެވެ. ބޮޑު މަފްސަދައެކެވެ. އެއީ އެ ފޮތްތަކުގައި ހުރި އިލްމުގެ ތެރެއިން ބައިވަރު އެއްޗެހި ގެއްލުވާލާނެ ކަމެކެވެ. ބައިހަގީއާއި އިބްނު ޙަޒްމުގެ ކިބައިގައި ހުރި ޙަދީޘްތަކާއި އަޘަރުތަކުގެ ތެރެއިން، އެ ނޫން ފޮތްތަކުގައި ނުފެންނަ އެތައް އެއްޗެއް ހުރެއެވެ. އަދި ނަވަވީއާއި އިބްނު ޙަޖަރާއި އިބްނު ޙަޒްމުގެ ފޮތްތަކުގައި، ނަކަލުކުރުންތަކުގެ ތެރެއިން އެ ނޫން ފޮތްތަކުގައި ނުފެންނަ އެތައް އެއްޗެއް ހުރެއެވެ. އަދި މިއާއެކު ވެސް، ފަށައިގަންނަ އިލްމު އުނގެނޭ ދަރިވަރަށް، އަދި މެދުމިނުގެ ދަރިވަރަށް ދާންދެން ވެސް، މި ފޮތްތައް ކިޔުމަށް އަހަރުމެން ނަސޭހަތްތެރިއެއް ނުވަމެވެ. އެއީ ޝަރުއީ އިލްމުން އޭނާ ރަނގަޅަށް ބިންގާ އެޅުމަށް ދާންދެނެވެ. އަދި ޚާއްސަކޮށް އަގީދާ (ގެ އިލްމެވެ.) އެއީ އޭނާއަށް އެ ފޮތްތަކުގައި ހުރި ހައްގާއި ބާތިލު ވަކިކުރެވޭ ވަރު ވަންދެނެވެ. އޭރުން އޭނާއަށް ސަލަފުންގެ މަންހަޖާ ދިމާވާ ރަނގަޅު ގޮތް ނަގައި، އެއާ ޚިލާފުވާ ކަންކަން ދޫކޮށްލެވޭނެއެވެ. އަދި އިލްމުގެ އަހުލުވެރިން މި ކަންކުރެއެވެ. އެ އިލްމުވެރިން، ތިބާއަށް ޓަކައި މަސްފަލަ ރަނގަޅު އެއްޗެހި، އަނަރޫފަ ނިކަމެތި އެއްޗެހިން ވަކިކޮށް، އެ މީހުންގެ ބަސްތަކުގެ ތެރެއިންވާ ސާފު ރަނގަޅު ބައި އެ އިލްމުވެރިން ތިބާއަށް ދޭނެއެވެ. އެއީ ތިޔަ ފަށައިގަންނަ އިލްމު އުނގެނޭ ދަރިވަރަށް، އަދި މެދުމިނުގެ ދަރިވަރަށް (އޮތް ކަމެއް) ނޫނެވެ.
قال التلميذ ابن عطار في شيخه النووي: ولقد أمرني مرة ببيع كراريس نحو ألف كرَّاس بخطه، وأمرني بأن أقف على غسلها في الورَّاقة، وخوَّفني إن خالفت أمره في ذلك، فما أمكنني إلا طاعته.
ދަރިވަރު އިބްނުލް ޢައްޠާރު، އޭނާގެ ޝައިޚު ނަވަވީއާމެދު ބުންޏެވެ: ހަމަކަށަވަރުން އެއްފަހަރަކު، ފޮތްތަކެއް (ގައި ހުރި އެއްޗެއް ފިލުވާ ސާފުކޮށްގެން، ހުސް ފޮތްތަކެއްގެ ގޮތުގައި) ވިއްކާލަން އޭނާ އަހަރެނަށް އަމުރުކުރިއެވެ. އެއީ އޭނާ އަތުން ލިޔުނު އެއްހާހަކަށް ފޮތެވެ. އަދި ކަރުދާސް ވިއްކާތާ އަހަރެން ހުރެގެން، އެ ލިޔުނު އެއްޗެއް ދޮވެ ފިލުވުމަށް އޭނާ އަމުރުކުރިއެވެ. އަދި އެ ކަމުގައި އޭނާގެ އަމުރާ ޚިލާފުނުވުމަށް، އޭނާ އަހަރެންނަށް ބިރުދެއްކިއެވެ. އެހެންކަމުން އޭނާއަށް ތަބާވުން ނޫން ގޮތެއް އަހަރެންނަކަށް ނުވިއެވެ.
وقال السخاوي الأشعري في النووي: ولقد حُكي عنه: أنه همّ قبل وفاته بقليل بغسل " الروضة " كما غسل نحو ألف كراسة من تعليقاته، فقيل له: قد سارت بها الركبان، فقال: في نفسي منها أشياء، أو كما قال.
ސަޚާވީ، ނަވަވީއާމެދު ބުންޏެވެ: އަދި އޭނާއާ ބެހޭ ގޮތުން ބުނެވުނެވެ: ހަމަކަށަވަރުން އޭނާ ނިޔާވުމުގެ ކުޑަ ތަންކޮޅެއް ކުރިން، (އޭނާގެ) “އައްރައުޟާ” ފޮތް ދޮވެ ފިލުވުމަށް އޭނާ ހިތަށް އެރިއެވެ. އެއީ (ކުރިން ވެސް) އޭނާ ނޯޓުކޮށް ހެދި ތަކެތިން އެއްހާހަކަށް ފޮތް އޭނާ ދޮވެ ފިލުވި ފަދައިންނެވެ. ދެން އޭނާއަށް ބުނެވުނެވެ: ހަމަކަށަވަރުން ދަތުރުވެރިން ވަނީ އެ ފޮތްތަށް ހިފައިގެން ދަތުރުކޮށްފައެވެ. އޭނާ ބުނެޏެވެ: އަހަރެންގެ ހިތުގައި އެއާމެދު އެއްޗެހިތަކެއް އެބަހުއްޓެވެ. ނުވަތަ އެ ބުނި ފަދަޔަކުންނެވެ.
وقال مشهور بن حسن آل سلمان: ولما أمر النووي تلميذه الخاصّ به؛ وهو: ابنُ العطّار - علاء الدين علي بن إبراهيم أن يمسح ويغسل مجموعةً من كتبه، قال ابنُ العطّار: وقد فعلْتُ امتثالا لأمره، وفي النَّفْسِ حَسرات لما فعلْتُ! حتى إِنَّه أمرني أن أغسلَ كتابه «منهاج الطالبين»؛ فرجوتُه، وقلتُ له: لقد شاع الكتاب بين الطلبة، ونسخوه؛ فما فائدة غسلك له؟ فسكت.
މަޝްހޫރު ޙަސަން ސަލްމާން ވިދާޅުވިއެވެ: އަދި ނަވަވީގެ ޚާއްސަ ދަރިވަރު، އިބްނުލް ޢައްޠާރު ޢަލާއުއްދީން ޢަލީ ބިން އިބްރާހީމް، ގާތު އޭނާގެ ފޮތްތަކުގެ ތެރެއިން އެތަކެއް ފޮތެއް ފޮހެލުމަށާއި، ދޮވެ ފިލުވުމަށް، ނަވަވީ އަމުރުކުރި ހިނދު، އިބްނުލް ޢައްޠާރު ބުންޏެވެ: އަހަރެން އެ ކަންކުރީ އޭނާގެ އަމުރަށް ތަބާވުމުގެ ގޮތުންނެވެ. އަދި އަހަރެންކުރި ކަންތަކާމެދު ހިތުގައި ނުހަނު ހިތާމަ ހުއްޓެވެ. އެއީ ހަމަކަށަވަރުން އޭނާގެ ފޮތް ”މިންހާޖުއް ޠާލިބީން“ ދޮވެ ފިލުވުމަށް އޭނާ އަހަރެންނަ އަމުރުކުރުމަށް ދާންދެނެވެ. ދެން އެ ކަން ނުކުރުމަށް އަހަރެން އާދޭސްކޮށް ބުނީމެވެ: ހަމަކަށަވަރުން ކިޔަވާ ކުދިންގެ މެދުގައި އެ ފޮތް ވަނީ ފެތުރިފައެވެ. އަދި އެ މީހުން އެ ފޮތް ވަނީ ނަކަލުކޮށްފައެވެ. އެހެންކަމުން އެ ދޮވެ ފިލުވުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟ ދެން ނަވަވީ ހަނުހުއްޓެވެ.
وقال أيضا: وقع تأويل لبعض الصفات في كتب النووي وخصوصا في «شرحه على صحيح مسلم» ولم يرتض هذا بعضُ مَن كان قريب عهد به من نساخ «شرح صحیح مسلم»، فقام بعضُ النساخ ممَّن كانت عقيدتهم سلفية بنسخ هذا الشرح وأسقطوا من النسخ كلام النووي في تأويل الصفات. واستشاط غضبًا ابنُ السُّبكي في «طبقات الشافعية الكبرى»، وحطّ على هؤلاء بكلام قاس - وهو من ألد أعداء شيخ الإسلام [ابن تيمية]، وهو الذي حبسه؛ وكان القاضي آن ذاك.
އަދިވެސް މަޝްހޫރު ޙަސަން ސަލްމާން ވިދާޅުވިއެވެ: ނަވަވީގެ ބައެއް ފޮތްތަކުގައި (ﷲ ގެ) ބައެއް ސިފަފުޅުތައް ތައުވީލުކޮށްފައި ވެއެވެ. ޚާއްސަކޮށް ސަހީހު މުސްލިމުގެ މައްޗަށް އޭނާ ކުރި ޝަރަހައިގައެވެ. އަދި ނަވަވީގެ ޒަމާނާ ގާތްކޮށް އުޅުނު ފޮތް ނަކަލުކުރާ ބައެއް މީހުން، މި ކަމާމެދު ނުރުހުނެވެ. އެހެންކަމުން ސަލަފީ އަގީދާ ހުރި ބައެއް ފޮތް ނަކަލުކުރާ މީހުން، މި ޝަރަހަ ނަކަލުކޮށް، ސިފަފުޅުތައް ތައުވީލުކުރުމުގައި ނަވަވީ ދެއްކި ވާހަކަތައް، ނަކަލުކުރުމުގެ ތެރެއިން ވައްޓާލިއެވެ. އަދި ޠަބަގާތުއް ޝާފިޢިއްޔާ ފޮތުގައި، މި ކަމާމެދު އިބްނުއް ސުބުކީ ވަރަށް ރުޅިއައެވެ. އަދި އެ މީހުންނާ ބެހޭ ގޮތުން ވަރަށް ހަރުކަށި ބަސްތަކެއް އޭނާ ބުންޏެވެ. އަދި އޭނާއަކީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާއާ އެންމެ ދެކޮޅު އެއް އަދުއްވެވެ. އަދި އޭނާއަކީ ޝައިޚުލް އިސްލާމް ޖަލަށްލި މީހާއެވެ. އޭރު އޭނާއަކީ ގާޟީއެވެ.
وحتى في أصغر كتابه، الذي هو الأربعين، فيه الجبر والإرجاء.
وأما في غيره من الكتب، فبالاختصار؛ كان النووي ينكر أغلب أسماء الله وصفاته، كالعلو، والاستواء، والمكان، والجهة، والحد، والمباينة، والنزول، والدنو، والقرب، والإتيان، والمجيء، والهرولة، والرؤية، والمقابلة، والصورة، والوجه، والعين، والجمال، والاستماع، والكلام، والنظر، واليد، واليمين، والأصابع، والقبض، والساق، والرجل والقدم، والغيظ، والغضب، والسخط، والبغض، والكره، والضحك، والحب، والرضى، والفرح، والعجب، والحياء، والغيرة، والإحصاء، والمكر، والنور، والنفس.
وكذلك قال النووي؛ أن تعلم علم الكلام من البدع الواجبة، وأنه فرض كفاية، وأن التوحيد هو علم الكلام، وأن المتكلمين من أصحابه، وبالتبرك بالصالحين وآثارهم، والتوسل بهم، وأن الطلسمات التي تكتب للمنافع وهي مجهولة ليس بحرام، وبما قاله الصوفية في الخضر، وشد الرحال إلى القبور الصالحين، والقراءة عليها، والذبح للكعبة والنبي تعظما، والذبح باسم النبي، والذبح عند استقبال السلطان، وأن السجود للغير تذللا وخضوعا ليس بكفر، وأن من يقول بخلق القرآن لا يكفر، وأن الصلاة خلفه جائز، وأن من أثبت لله الاتصال والانفصال كان كافرا، وأن أن لا فاعل إلا الله، وأن أن كل المحدثات فعل الله، وأن تكليف ما لا يطاق جائز عقلا، وأن العبد لا قدرة له إلا ما أراده الله، وأن الله مريد لإيمان المؤمن ومريد لكفر الكافر، وأن الله يريد الكفر ويحبه ويرضاه، وأن والارادة والمحبة والرضا بمعنى واحد، وأن الله لا علة لأفعاله، وغير ذلك من الأقوال الكثيرة المخالفة لأهل السنة والجماعة.
ولا يثبت إليه نسبة "جزء فيه ذكر اعتقاد السلف في الحروف والأصوات" كما لا يثبت له شرحا في الأربعين.
އަދި އޭނާގެ އެންމެ ކުޑަ ފޮތަށް ދާންދެން، އެބަހީ ސާޅީސް ޙަދީޘް، އެ ފޮތުގައި ވެސް ވަނީ ޖަބުރު އަދި އިރުޖާއެވެ. ދެން އެ ނޫން ފޮތްތަކަށް ބަލާއިރު، ޚުލާސާކޮށް ބުނާނަމަ؛ ގާތްގަނޑަކަށް ﷲ ގެ ހުރިހާ އިސްމުފުޅުތަކާއި ސިފަފުޅުތަކަކަށް ނަވަވީ އިންކާރުކުރިއެވެ. އެ ގޮތުން؛ މަތީގައިވޮޑިގަތުމާއި، އިސްތަވާވޮޑިގަތުމާއި، ތަނެއްގައި ވޮޑިގަތުމާއި، ދިމާލެއްގައި ވޮޑިގަތުމާއި، ހައްދެއް (އިމެއް) ލިބިވޮޑިގަތުމާއި، ޚަލްގުތަކުންނާ ވަކިވެވޮޑިގަތުމާއި، ފައިބައިވޮޑިގަތުމާއި، ކައިރިވެވޮޑިގަތުމާއި، ގާތްވެވޮޑިގަތުމާއި، ވަޑައިގަތުމާއި، އަވަހަށް ވަޑައިގަތުމާއި، (މުއުމިނުންނަށް ހަގީގީ ފެނުމަކުން) އެ އިލާހު ފެންނާނެކަމާއި، ކުރިމަތިވެވޮޑިގަތުމާއި، އެ އިލާހުގެ ސޫރަފުޅާއި، މޫނުފުޅާއި، ލޯފުޅާއި ރިވެތިވެވޮޑިގަތުމާއި، އައްސަވާވޮޑިގަތުމާއި، ވާހަކަފުޅު ދެއްކެވުމާއި، ބައްލަވާވޮޑިގަތުމާއި، އަތްޕުޅާއި، ކަނާތްޕުޅާއި، އިނގިލިފުޅުތަކާއި ހިއްޕަވާވޮޑިގަތުމާއި، ކަށިމަތިފުޅާއި، ފައިންޕުޅާއި، ފައިތިލަފުޅާއި ގަދައަށް ކޯފާވެވޮޑިގަތުމާއި، ކޯފާވެވޮޑިގަތުމާއި، ނަފުރަތުކުރެއްވުމާއި، ރުހިވޮޑިނުގަތުމާއި، ހިނިވަރުނަކުރެއްވުމާއި، ލޯބިވެވޮޑިގަތުމާއި، ރުހިވޮޑިގަތުމާއި، އުފާވެވޮޑިގަތުމާއި، އަޖައިބުވެވޮޑިގަތުމާއި، ލަދުވެތިވެވޮޑިގަތުމާއި، ޣީރަތްތެރިވެވޮޑިގަތުމާއި، ހިސާބުކުރެއްވުމާއި، ރޭއްވެވުމާއި، ނޫރުފުޅާއި، ނަފްސުފުޅު ވެސް މެއެވެ.
އަދިވެސް ނަވަވީ ބުނާ ގޮތުގައި، ޢިލްމުލް ކަލާމް ދަސްކުރުމަކީ ވާޖިބު ބިދުޢައެކެވެ. އަދި ފަރުޟު ކިފާޔަތެކެވެ. އަދި ތައުހީދަކީ ޢިލްމުލް ކަލާމެވެ. އަދި މުތަކައްލިމުންނަކީ އޭނާގެ އަސްހާބުންނެވެ. އަދި ސާލިހުންނާއި އެ މީހުންގެ އާޘާރުތަކުން ބަރަކާތް ހޯދުންހުއްޓެވެ. އަދި އެ މީހުންނާ ތަވައްސުލުކުރުން ހުއްޓެވެ. އަދި ގޮތް ނޭނގޭ، މަންފާތައް ވުމަށް ލިޔެވޭ ޓެލެސްމެންތައް ހަރާމެއް ނޫނެވެ. އަދި ޚިޟްރުއާ ބެހޭގޮތުން ސޫފީން ބުނާ ވާހަކަތަކަށް އިގްރާރުވިއެވެ. އަދި ސާލިހުންގެ ގަބުރުތަކަށް ދަތުރުހެދުމާއި، އެ ގަބުރުތައް މަތީ ގުރްއާން ކިޔެވުން ހުއްޓެވެ. އަދި މަތިވެރިކުރުމުގެ ގޮތުން، ކައުބާއަށާއި ނަބީއަށް އެއްޗެއް ކަތިލުމާއި، ނަބީގެ ނަންފުޅު މަތިން ކަތިލުމާއި، ވެރިންނަށް އިސްތިގްބާލުކުރުމަށް އެއްޗެހި ކަތިލުން ހުއްޓެވެ. އަދި ނިކަމެތިވެ ބޯލަނބައިގެން ﷲ ފިޔަވާ އެހެން ފަރާތަކަށް ސަޖިދަކުރުމަކީ ކުފުރެއް ނޫނެވެ. އަދި ގުރްއާނަކީ މަޚްލޫގެއް ކަމަށް ބުނާ މީހާ ކާފަރެއް ނުވާނެއެވެ. އަދި އެފަދަ މީހެއްގެ ފަހަތުގައި ނަމާދުކުރުން ހުއްދައެވެ. އަދި ﷲ އަށް އިއްތިޞާލުވުމާއި އިންފިޞާލުވުން (ގުޅުމާއި ވަކިވުން) ސާބިތުކުރާ މީހާ ކާފިރުވާނެއެވެ. އަދި ﷲ ފިޔަވާ ކަންކުރާ އެހެން ފަރާތަކު ނުވެއެވެ. އަދި ވާ ކޮންމެ ކަމަކީ ﷲ ކުރައްވާ ކަމެކެވެ. އަދި ކުޅަދާނަ ނުވާ ކަންތަކުގެ ތަކުލީފު ޖެއްސެވުން އެއީ ބުއްދީގެ ގޮތުން ވެދާނެ ކަމެކެވެ. އަދި ﷲ ބޭނުންވެވޮޑިގެންނެވި ގޮތް ފިޔަވާ އަޅާއަށް އެއްވެސް ބާރެއް ކުޅަދާނަކަމެއް ނުވެއެވެ. އަދި ﷲ، މުއުމިނުން އީމާންވުމަށް ބޭނުންވެވޮޑިގަންނަވާ، އަދި ކާފިރުން ކާފަރުވުމަށް ވެސް ބޭނުންވެވޮޑިގަންނަވައެވެ. އަދި ﷲ ކުފުރު ބޭނުންވެވޮޑިގެންވެއެވެ. އަދި އެ ކަމަށް ލޯބިވެވޮޑިގަންނަވައެވެ. އަދި އެއަށް ރުހިވޮޑިގެންވެއެވެ. އަދި އިރާދަކުރެއްވުމާއި، ލޯބިވެވޮޑިގަތުމާއި، ރުހިވޮޑިގަތުން ވަނީ އެއް މާނައެއްގައެވެ. އަދި ﷲ ކުރައްވާ ކަންކަމަށް ސަބަބެއް ނުވެއެވެ. އަދި މި ނޫނަސް އަހްލުއް ސުންނާ ވަލްޖަމާޢަތާ ޚިލާފު އެތައް ގިނަގުނަ ބަސްތަކެއް ނަވަވީ ބުނެފައި ވެއެވެ.
އަދި "ﷲ ވާހަކަފުޅުދައްކަވަނީ އަކުރުތަކާއި އަޑުންކަމުގެ މައްސަލައިގައި ސަލަފުންގެ އަގީދާ ޒިކުރުކުރެވިފައިވާ ބައި" މި ފޮތް ނަވަވީއަށް ނިސްބަތްވުން ސައްހަވެގެން ނުވެއެވެ. އެއީ ހަމަ ސާޅީސް ޙަދީޘްގެ ޝަރަހައެއް އޭނާއަށް ނިސްބަތްވުން ސައްހަ ނުވާ ފަދައިންނެވެ.
ޙައްސާން ޢަބްދުއްރައްޒާގުގެ ދިވެހި ތަރުޖަމާގެ އީ-ފޮތް (ފުރަތަމަ ތިން ޙަދީޘްގައި ފައުޒާނުގެ ޝަރަހައާއެކު)
މުޙައްމަދު ރިފާދުގެ ދިވެހި ތަރުޖަމާގެ ޕީޑީއެފް (ފައިދާތަކާއެކު)
މުޙައްމަދު މަޢޫން ޝަރީފުގެ ދިވެހި ތަރުޖަމާގެ އީ-ފޮތް (42 ޙަދީޘް)
ދިސަލަފިއްޔާ ޓީމު (ޢަބްދުއްރަޙީމް މުޙައްމަދާއި، މަޢޫން ޝަރީފާއި، މުޙައްމަދު އަޝްރާފުގެ ކުރީގެ ތަރުޖަމާތަކުން އެކުލަވާލަވާލައިގެން، ޢިމްރާން މުޙައްމަދު ޢަލީ އާއި މުޙައްމަދު ޠާހާ މުރާޖާކޮށްފައިވާ) ދިވެހި ތަރުޖަމާގެ ޕީޑީއެފް
ޙުސައިން ޞަލާޙުއްދީންގެ ދިވެހި ތަރުޖަމާގެ ޕީޑީއެފް (42 ޙަދީޘް)
އިނގިރޭސި ތަރުޖަމާގެ އީ-ފޮތް | ޕީޑީއެފް
އިނގިރޭސި ޝަރަހައިގެ ޕީޑީއެފް 1 | 2
نسخة صالح العصيمي ޕީޑީއެފް
متن الأربعين النووية - طبعة دار المنهاج ޕީޑީއެފް
إعراب الأربعين حديثا النووية - لحسني عبد الجليل يوسف ޕީޑީއެފް
إعراب الأربعين النووية - لعمر بن عبد الله العمري އީ-ފޮތް | ޕީޑީއެފް
فتح القوي المتين في شرح الأربعين وتتمة الخمسين للنووي وابن رجب - لعبد عبد المحسن بن حمد العباد البدر އީ-ފޮތް | ޕީޑީއެފް
شرح الأربعين النووية - لعبد الكريم بن عبد الله الخضير އީ-ފޮތް | ޕީޑީއެފް
شرح الأربعين النووية - لعبد المحسن بن محمد القاسم ޕީޑީއެފް
شرح الأربعين النووية - لمحمد بن صالح العثيمين އީ-ފޮތް | ޕީޑީއެފް
شرح الأربعين النووية - لمحمد بن إبراهيم آل الشيخ ޕީޑީއެފް
المنحة الربانية - لصالح بن فوزان عبد الله الفوزان ޕީޑީއެފް
التحفة الربانية - لإسماعيل بن محمد السعدي الأنصاري އީ-ފޮތް | ޕީޑީއެފް
شرح الأربعين النووية - لابن باز ޕީޑީއެފް
شرح الأربعين النووية - لصالح العصيمي ޕީޑީއެފް
شرح الأربعين النووية - لصالح آل الشيخ ޕީޑީއެފް
شرح الأربعين النووية - لمحمد صالح المنجد ޕީޑީއެފް
شرح الأربعين النووية - لأحمد بن عمر بازمول ޕީޑީއެފް
جامع العلوم والحكم - لابن رجب އީ-ފޮތް | ޕީޑީއެފް
النُّسَخُ المُعتَمَدَةُ فِي تَحقِيقِ هَذَا المَتنِ: [١٤]
- نُسخَةٌ خَطِّيَّةٌ بِمَكتَبَةِ نِظَام يَعقُوبِي الخَاصَةِ -البَحرَينِ-، تَارِيخُ نَسخِهَا: ۷۱۰ هـ، وَهِيَ مَقرُوءَةٌ عَلَى تِلمِيذِ المُصَنِفِ عَلَاءِ الدِّينِ ابنِ العَطَّارِ، وَعَلَيهَا إِجَازَةٌ مِنهُ لِلنَّاسِخِ، وَرَمَزتُ لَهَا بـِ (أ).
- نُسخَةٌ خَطِّيَّةٌ بِالمَكتَبَةِ الأَزهَرِيَّةِ -مِصر-، بِرَقمِ (۲۳۰۲)، تَارِيخُ نَسخِهَا: ۸۸۱ هـ، وَرَمَزتُ لَهَا بـِ (ب).
- نُسخَةٌ خَطِّيَّةٌ بِمَكتَبَةِ فَيضُ اللَّهِ أَفَندِي ضِمنَ المَكتَبَةِ السُّلَيمَانِيَّةِ -تُركِيَا-، بِرَقمِ (٢١٦٠)، تَارِيخُ نَسخِهَا: ۸۳۲ هـ، وَرَمَزتُ لَهَا بـِ (ج).
- نُسخَةٌ خَطِّيَّةٌ بِمَكتَبَةِ آيَا صُوفِيَا ضِمنَ المَكتَبَةِ السُّلَيمَانِيَّةِ -تُركِيَا-، بِرَقمِ (٥٠٧)، تَارِيخُ نَسخِهَا: ٨٣٦ هـ، وَرَمَزتُ لَهَا بـِ (د).
- نُسخَةٌ خَطِّيَّةٌ بِمَكتَبَةِ تِيرنُوفَالِي ضِمنَ المَكتَبَةِ السُّلَيمَانِيَّةِ -تُركِيَا-، بِرَقمِ (٤/٥٢٣) تَارِيخُ نَسخِهَا: ٨٥٠ هـ، وَرَمَزتُ لَهَا بـِ (هـ).
- نُسخَةٌ خَطِّيَّةٌ بِمَكتَبَةِ دَامَاد إِبرَاهِيم بَاشَا ضِمنَ المَكتَبَةِ السُّلَيمَانِيَّةِ -تُركِيَا-، بِرَقمِ (٧/٣٩٦) تَارِيخُ نَسخِهَا: ٨٦٦ هـ، وَرَمَزتُ لَهَا بـِ (و).
- نُسخَةٌ خَطِّيَّةٌ بِمَكتَبَةِ رَئيِسِ الكُتاَّبِ ضِمنَ المَكتَبَةِ السُّلَيمَانِيَّةِ -تُركِيَا-، بِرَقمِ (٥/۱۱۹۱) تَارِيخُ نَسخِهَا: ۸۷۹ هـ، وَرَمَزتُ لَهَا بـِ (ز).
- نُسخَةٌ خَطِّيَّةٌ بِمَكتَبَةِ رَاغِب بَاشَا ضِمنَ المَكتَبَةِ السُّلَيمَانِيَّةِ -تُركِيَا-، بِرَقمِ (١٤٧٠)، بِخَطِّ الحَافِظِ البُوصِيرِي، تَارِيخُ نَسخِهَا: ۸۸۱ هـ، وَرَمَزتُ لَهَا بـِ (ح).
- نُسخَةٌ خَطِّيَّةٌ بِمَكتَبَةِ الحَرَمِ المَكِّيِّ - السُّعُودِيَّة -، بِرَقمِ (۳۹۲۷/ ۱۲)، تَارِيخُ نَسخِهَا: ۹۷۹ هـ، وَرَمَزتُ لَهَا بـِ (ط).
- نُسخَةٌ خَطِّيَّةٌ بِمَكتَبَةِ المَلِكِ عَبدِ العَزِيزِ بِالمَدِينَةِ النَّبَوِيَّةِ (مَجمُوعَةُ المَكتَبَةِ المَحمُودِيَّةِ) -السُّعُودِيَّة-، بِرَقمِ (١/٤٠٤)، تَارِيخُ نَسخِهَا: ١٠٦٩ هـ، وَرَمَزتُ لَهَا بـِ (ي).
- نُسخَةٌ خَطِّيَّةٌ بِجَامِعَةِ المَلِكِ سُعُودٍ -السُّعُودِيَّة-، بِرَقمِ (٣٠٢٦)، تَارِيخُ نَسخِهَا: ١٠٨٥ هـ، وَرَمَزتُ لَهَا بـِ (ك).
- نُسخَةٌ خَطِّيَّةٌ -لِجَامِعِ العُلُومِ وََالحِكَمِ- بِمَكتَبَةِ خُدَا بَخش -الهِند-، بِرَقمِ (٤٧١)، تَارِيخُ نَسخِهَا: ۷۹۰ هـ، وَهِيَ النُّسخَةُ المُعتَمَدَةِ فِي تَحقِيقِ زِياَدَةِ ابنِ رَجَبٍ رَحِمَهُ اللَّهِ عَلَى الأَربَعِينَ، وَهِيَ مُقَابَلَةٌ بِنُسخَةِ المُصَنِّفِ، وَمَقرُوءَةٌ عَلَيهِ، وَعَلَيهَا إِجَازَةٌ مِنهُ لِلنَّاسِخِ، وَرَمَزتُ لَهَا بـِ (ل).
- نُسخَةٌ خَطِّيَّةٌ أُخرَى -لِجَامِعِ العُلُومِ وََالحِكَمِ- بِجَامِعِ عُنَيزَة -السُّعُودِيَّة-، بِرَقمِ (۷۳) ، تَارِيخُ نَسخِهَا: ١١٠١ هـ، وَرَمَزتُ لَهَا بـِ (م).
- نُسخَةٌ خَطِّيَّةٌ أُخرَى -لِجَامِعِ العُلُومِ وََالحِكَمِ- بِجَامِعِةِ المَلِكِ سُعُودٍ -السُّعُودِيَّة-، بِرَقمِ (٤٠٥١)، تَارِيخُ نَسخِهَا: ١١٩٤ هـ، بِخَطِّ عَبدِ اللَّهِ بنِ سُلَيمَانَ بنِ عَبدِ الوَهَّابِ، وَرَمَزتُ لَهَا بـِ (ن).
مقدمة المؤلف
[انظر]
[الكتاب]
[...]
باب الإشارات إلى ضبط الألفاظ المشكلات
[...]
فصل
[...]